Advertisement

ކާރިސާތަކުން އަރައިގަތުމަށް ރެޑް ކްރެސެންޓުން ދޭ ހިދުމަތްތައް ފޯރުކޮށްދޭން ދިރާގުން އެހީ ވަނީ

31 އޮގަސްޓު 2023 - 12:34 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

ދިރާގުން ރެޑް ކްރެސެންޓަށް އެހީވާން ނިންމައިފި -- ފޮޓޯ: ދިރާގު


ކާރިސާތަކުން އަރައިގަތުމަށް ރެޑް ކްރެސެންޓުން ދޭ ހިދުމަތްތައް ފޯރުކޮށްދޭން ދިރާގުން އެހީ ވަނީ

31 އޮގަސްޓު 2023 - 12:34 0

ރެޑް ކްރެސެންޓްއިން ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން އެ ޖަމިއްޔާގެ "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް" ގައި ބައިވެރިވެ ރެޑް ކްރެސެންޓުން ދޭ ހިދުމަތްތަކުގައި އެހީތެރިވުމަށް ދިރާގުން ނިންމައިފި އެވެ.

ދިވެހި ރެޑް ކްރެސެންޓްގެ "ޕާޓްނާސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް" ގެ ދަށުން ކާރިސާތަކުގެ އިތުރުން އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަރާތްތަކަށް ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. އަދި ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ވެސް ރެޑް ކްރެސެންޓުން ކޮށްދޭނެ އެވެ.

ދިރާގުގެ އެހީގެ ސަބަބުން މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ރެޑް ކްރެސެންޓްގެ ޔުނިޓްތައް ތަރައްގީކުރުމަށް މަގުފަހުވެގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ދިރާގުން ދަނީ 2018 ވަނަ އަހަރުން ފެށިގެން ދިވެހި ރެޑް ކްރެސެންޓުގެ ކޯޕަރޭޓް މެމްބަރެއެއްގެ ގޮތުގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

މީގެ ކުރިން ރެޑް ކްރެސެންޓުން ނަފްސާނީ އަދި އިޖުތިމާއީ ދުޅަހެޔޮކަން ފޯރުކޮށްދިނުމުގެ ޕްރޮގްރާމްތަކާއި، ބިދޭސީންނަށް އެހީ ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލި "ޓޯލް ފްރީ ހެލްޕްލައިން" ފަދަ ޓެލެކޮމިއުނިކޭޝަނާއި ގުޅުން ހުރި ހިދުމަތްތައް ދިނުމުގައި ވެސް ދިރާގުން ވަނީ އެހީވެފަ އެވެ.