Advertisement

ހަތް މަސް ފަހުން ފީފާ އިން ސްރީ ލަންކާގެ ސަސްޕެންޝަން އުވާލައިފި

28 އޮގަސްޓު 2023 - 20:04 0

2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލާއި ސްރީ ލަންކާ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ހުސެއިން ވަހީދު/ އަދަދު ފައިލް ފޮޓޯ


ހަތް މަސް ފަހުން ފީފާ އިން ސްރީ ލަންކާގެ ސަސްޕެންޝަން އުވާލައިފި

28 އޮގަސްޓު 2023 - 20:04 0

ޒިއުރިކް، ސްވިޒަލެންޑް (އޮގަސްޓް 28) - ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އިން ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ދިން ސަސްޕެންޝަން ހަތް މަހަށް ފަހު މިއަދު އުވާލައިފި އެވެ.

ފީފާ އިން ސްރީ ލަންކާގެ ސަސްޕެންޝަަން އުވާލާފައިމިވަނީ ހަތް މަހާއި ހަތް ދުވަސް ފަހުންނެވެ.

ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނަށް ތިން ވަނަ ފަރާތެއްގެ ނުފޫޒު ފޯރާފައިވާ ކަމަށް ބުނެެ ފީފާ އިން އެ ގައުމު ސަސްޕެންޑް ކުރީ ޖެނުއަރީ 21 ވަނަ ދުވަހު އެވެ. ފީފާ އިން މި ގޮތަށް ނިންމަން ޖެހުނީ، ޖެނުއަރީ މަހު 14 ވަނަ ދުވަހު ބޭއްވި ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުގެ އިންތިހާބާ ގުޅޭ މައްސަލަތަކެއް ބެލުމަށް ފަހު އެވެ.

ސަސްޕެންޝަންގައި އޮތުމުގެ ސަބަބުން ސްރީ ލަންކާ އަށް މިދިޔަ ޖޫން މަހު އިންޑިއާގެ ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ނުކުޅެނެވުނެވެ.

އެކަމަކު، އޮކްޓޫބަރު މަހު ފަށަން ތާވަލުކޮށްފައި އޮތް ފީފާ ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ވާދަކުރަން ސްރީ ލަންކާ އަށް މިހާރު ފުރުސަތު އެބައޮތެވެ. އެއީ ފީފާ އިން މިއަދު ސްރީ ލަންކާގެ ސަސްޕެންޝަން އުވާލަން ނިންމައި، ވަކި މުއްދަތެއްގެ ތެރޭގައި ފުރިހަމަކުރަން ޝަރުތުކުރި ކަންކަން ބަރާބަރަށް ނިންމައިގެންނެވެ.

އެ ގޮތުން، ފީފާ އިން ވަނީ އެ ފެޑެރޭޝަނުން ސްްރީ ލަންކާ އަށް އެނގި ގޮތަށް އާސާސީ ގަވާއިދުގެ ތެރެއިން އަންނަ މަހުގެ 29 ވަނަ ދުވަހުގެ ކުރިން ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަންގެ އިންތިހާބު ބާއްވައިގެންނެވެ.