Advertisement

މުއްދަތު ހަމަވެފައިހުރި އައިވީތަކެއްގެ މައްސަލާގައި ގައްދޫގައި މުޒާހަރާކުރަނީ

22 އޮގަސްޓު 2023 - 20:36 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު

މުއްދަތު ހަމަވެފައިހުރި އައިވީތަކެއްގެ މައްސަލާގައި ގައްދޫގައި މުޒާހަރާ ކުރަނީ---


މުއްދަތު ހަމަވެފައިހުރި އައިވީތަކެއްގެ މައްސަލާގައި ގައްދޫގައި މުޒާހަރާކުރަނީ

22 އޮގަސްޓު 2023 - 20:36 0

ގދ. ގައްދޫ ސިއްހީ މަރުކަޒުން މުއްދަތު ހަމަވެފައިހުރި އައިވީތަކެއް ކުޑަކުދިންތަކެއް ގަޔަށް ގުޅަން އުޅުނުކަމަށް ބުނާ މައްސަލައެއްގައި އެރަށު މީހުން ސިއްހީ މަރުކަޒުކައިރީގައި މުޒާހަރާ ކުރަން ފަށައިފި އެވެ.

ގައްދޫއިން ވާހަކަ ދެއްކި މީހަކު ބުނީ އައިވީ ތަކަކީ މިދިޔަ ޖުލައި މަހަށް މުއްދަތު ހަމަވެފައި ހުރި އައިވީ ތަކެއް ކަމަށެވެ. އަދި ސިއްހީ މަރުކަޒުގައި ފަރުވާދެމުންދިޔަ ކުޑަކުއްޖެއް ގަޔަށް އޭގެ ތެެރެއިން އައިވީ އެއް ގުޅިކަމަށް ބުނެ ރައްޔިތުން ނުކުމެ މުޒާހަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގައްދޫގައި ކުރަމުންދާ މުޒާހަރާގެ ވީޑިއޯތަކެއް މި ނޫހަށް ލިބިފައިވާއިރު ގިނަ އަދަދެއްގެ ރައްޔިތުން ރުޅިވެރިކަމާއެކު އަޑުގަދަކުރަމުން ސިއްހީ މަރުކަޒަށް ވަންނަން މަސައްކަތްކުރަމުންދާ މަންޒަރު އެ ވީޑިއޯ އިން ފެނެ އެވެ. އަދި މުޒާހަރާގެ ބައިވެރިން ފަހަތަށް ޖައްސަން ފުލުހުން ހަރަކާތްތެރިވަމުންދާ މަންޒަރުވެސް ފެނެ އެވެ.

ގައްދޫއިން މި ނޫހާ ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި ފުލުުހުން މިހާރު ވަނީ އެމީހުން ފަހަތަށް ޖައްސައި ސިއްހީ މަރުކަޒު އެތެރެއިން ބަންދުކޮށްފަ އެވެ.

ގައްދޫއިން ވާހަކަދެއްކި އިތުރު މީހަކު "އަދަދަށް" ވިދާޅުވިގޮތުގައި އައިވީތައް މުއްދަތު ހަމަވެފައިވާކަން އެގުނީ ހުން އައިސް ރޯގާޖެހިގެން މަރުކަޒުގައި އެޑްމިޓްކުރި ކުއްޖެއް ގަޔަށް ގުޅަން އުޅުމުގެ ތެރޭގަ އެވެ. އޭރު އެޑްމިޓް ކޮށްފައި އޮތް އެހެން ކުއްޖެއް ގަޔަށްވެސް އައިވީއެއް ގުޅާފައި އޮތް ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް އެއީ މުއްދަތު ހަމަވެފައިވާ އައިވީއެއްތޯ ބަލަން އާންމުން ދިޔައިރު އެ ކުއްޖާ ގަޔަށް ގުޅާފައިހުރި އައިވީ ނައްޓައި ސިއްހީ މަރުކަޒުން އެ އައިވީ ފޮރުވީ ކަމަށް އޭނާ ބުންޏެވެ. އަދި ރައްޔިތުން ހިތްހަމަނުޖެހި މުޒާހަރާ ކުރަމުން ދަނީ އެ ސަބަބާހެދި ކަމަށާއި އައިވީ ފޮރުވީ މުއްދަތު ހަމަވެފައިވާތީ ކަމަށް އެމީހުން ބުނަމުންދާ ކަމަށް އޭނާ ބުންޏެވެ.

ކުށެއްގެ އިސްލާހު: ޖުލައި، 23، 2023


މި ހަބަރުގައި، މި ނޫހަށް މައުލޫމާތު ދިނީ ގައްދޫ ކައުންސިލުގެ ރައީސް އަހުމަދު މުހައްމަދު ކަމަށް ކުރިން ލިޔެވިފައި އޮތީ ކުށަކުންނެވެ.