20 އޮގަސްޓު 2023 - 06:13 0
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު. -- ފޮޓޯ: އަދަދު
20 އޮގަސްޓު 2023 - 06:13 0
ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓް ހޯއްދަވަން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަޑައިގެންނެވީ އެ ދެ ޕާޓީއަށް އެއްވެސް ކަމެއް ކޮށް ނުދެއްވައި ހުންނަވާފައި "ބާޒެއް އައިސް ޖެހިގަންނަހެން" ކަމަށް ވިދާޅުވެ، ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) އެ މަނިކުފާނަށް ރައްދު ދެއްވި އެވެ.
ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ޖުމްހޫރީ ޕާޓީން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ޑރ.ވަހީދު ވިދާޅުވީ ރީގެ ރައީސް އަބްދުالله ޔާމީނަށް އިންތިހާބަށް ކުރިމަތިނުލެވިއްޖެ ހާލަތެއްގައި އަމަލުކުރަން އެމަނިކުފާނު އިރުޝާދު ދެއްވި ގޮތަށް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަމަލުކޮށްފައި ނުވާ ކަމަށެވެ.
ޕީޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ ކެމްޕެއިނަށް ވ. ފެލިދޫގައި އިއްޔެ ބޭއްވި ޖަލްސާގައި ވަހީދަށް ރައްދު ދެއްވަމުން އަދުރޭ ސުވާލު ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕް މިދިޔަ ފަސް އަހަރު ވަރަށް ހިތްދަތިކަމުގައި ހޭދަކުރި އިރު ވަހީދު އުޅުއްވީ ކޮންތާކުތޯ އެވެ.
"ކީއްތޯ ޕާޓީއަށް ކޮށްދެއްވީ؟ ރައީސް ޔާމީނުގެ ހައްގުގައި، ދިފާއުގައި ކޮން ކަމެއްތޯ ކޮށްދެއްވީ؟ ހަމަ ކުށްލިއަކަށް، ރައީސް ޔާމީނަށް [ރިޔާސީ އިންތިހާބަށް] ކުރިމަތި ނުލެވޭނެ ކަމަށް ސުޕްރީމްކޯޓުން ހުކުމްކުރުމާ އެކީގައި، އަނެއް ދުވަހު އަޅުގަނޑުމެން ލީޑަޝިޕް މީޓިން ބޭއްވި ގަޑީގައި އަޅުގަނޑު އައިސް އޮފީހަށް ވަނތް އިރު ކޮޅުގޮނޑީގައި އައިސް އިށީނދެވަޑައިގެން އިންނެވީ،" ރިޔާސީ ޓިކެޓް ހޯއްދަވަން ވަހީދު ވަޑައިގެންނެވި ގޮތް ސިފަކުރައްވަމުން އަދުރޭ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސޯލިހުގެ ރިޔާސީ ކެމްޕޭނުގެ ތަރުޖަމާނު އަދި ޑިފެންސް މިނިސްޓަރު، މާރިޔާ އަހުމަދު ދީދީ ވިދާޅުވީ؛
އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުން ގާތަށް ގޮސް ވާހަކަ ދައްކާފައި ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލިވައިގެން އަޅުގަނޑުމެން މެނިފެސްޓޯއެއް ތައްޔާރުކޮށްގެން އަޅުގަނޑުމެން ކުރަން ބޭނުންވާ ކަންކަން އަގުކޮށް، އަޅުގަނޑުމެންނަށް ކުރެވޭނެ ގޮތާއި އެ ތަފުސީލުތައް ބަލައިގެން ތަރުތީބުވެގެން ކަންކަން ހިންގާ ބައެއް،"
ދިރާވަރު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު
Comment