Advertisement

ކުށް މަދުކުރަން އަމާޒުކޮށް އެމްޑީޕީގެ "އަމާން މުޖުތަމައު" ސިޔާސަތު ލޯންޗުކޮށްފި

Advertisement

މިރޭ އުކުޅަހުގައި މި ސިޔާސަތު ލޯންޗުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން. ކުށް މަދުކުރުމަށް އަމާޒުކޮށް ގިނަ ކަންކަން ވަނީ ހިމަނާފައި --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


ކުށް މަދުކުރަން އަމާޒުކޮށް އެމްޑީޕީގެ "އަމާން މުޖުތަމައު" ސިޔާސަތު ލޯންޗުކޮށްފި

Advertisement

Advertisement

ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަށާއި ކުށުގެ ވެއްޓަށް ފާރަވެރިވެ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ކުށް މަދުކުރުމަށް އެމްޑީޕީން އެކުލަވާލި "އަމާން މުޖުތަމައު" ސިޔާސަތު މިރޭ ލޯންޗުކޮށްފި އެވެެ

މި ސިޔާސަތު އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު އުކުޅަހުގައި މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގަ އެމަނިކުފާނެވެ.

Advertisement

ކުށުގެ ވެށިން ދުރުކުރުން

  • ގުޅުން ހުރި އިދާރާތައް އެކުލެވޭހެން އިންޓަރ-އޭޖެންސީ ކޯޑިނޭޝަން ނިޒާމު ހަރުދަނާކުރުމަށް ކްރައިމް ޕްރިވެންޝަން ކައުންސިލެއް އެކުލަވާލާނެ
  • ސްކޫލް ދައުރުން ފެށިގެން ކުށުގެ ވެއްޓާއި ދުރުކުރުމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގާނެ

Advertisement

  • ރާއްޖޭގެ މިއަދުގެ ހާލަތާއި ގުޅޭ ގޮތަށް ގާނޫނީ އަދި ތަންފީޒީ އޮނިގަނޑު މުރާޖައާކުރާނެ. މީގެ ތެރޭގައި ޑްރަގް ޓްރެފިކިންގް މައްސަލަތަކަށް ހައްލު ހޯދުމަށް ހާއްސަ އިސްކަމެއްދޭނެ.
  • ގޭންގު ކުށުގައި ބައިވެރިވުމުގެ ނުރައްކާ އޮތް ފަރާތްތައް ދެނެގަނެ، ކައުންސެލިން، މެންޓަރިން އަދި ވޮކޭޝަނަލް ޓްރެއިނިން ފަދަ އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގާނެ.

ކުށުގެ ވެއްޓަށް ފާރަވެރިވުން

  • ރިއަލް ޓައިމް ރެސްޕޮންސް ސެންޓަރެއް ދިވެހި ފުލުހުންގެ ހިދުމަތުގައި ގާއިމުކުރާނެ
  • އާބާދީ ބޮޑެތި ހުރިހާ ސަރަހައްދެއްގައި ސިޓީ ސާވެއިލަންސް ނިޒާމު ގާއިމުކުރާނެ
  • ޑްރަގް ޓްރެފިކިންއަށް ފާރަވެރިވުމަށް ޑްރޯން ފަދަ އަންމޭންޑް ސާވެއިލަންސް އާލާތްތައް ތައާރަފްކުރާނެ
  • ސައިބަ ޕްރޮޓެކްޝަން ހަރަކާތްތައް ފުޅާކުރާނެ
  • ގޭންގު ކުށްތައް ތަހުގީގު ކުރުމުގެ ގާބިލްކަން އިތުރުކުރާނެ
  • ސްކޭމް، ފްރޯޑު އަދި އިގްތިސާދީ/މާލީ ކުށްތައް ހުއްޓުވަން ބޭނުންވާ ގާނޫނީ އަދި ތަންފީޒީ ބަދަލުތައް ގެންނާނެ

ރައީސް ސޯލިހު މިރޭ އެ ސިޔާސަތު ލޯންޗުކޮށްދެއްވަނީ. މިދިޔަ ފަސް އަހަރަކީ ރެކޯޑު ކުރެވިފައިވާ ގޮތުން އެންމެ ކުށް މަދު ފަސް އަހަރު ކަމަށް އެމަނިކުފާނު ވިދާޅުވޭ --- ފޮޓޯ: އަބްދުالله އިޔާން/އަދަދު


ކުށަށް ޒިންމާނެގުމާއެކު ފަރުވާ

  • ރުޖޫއީ އިންސާފު (ރެސްޓްރޯޓިވް ޖަސްޓިސް) ގެ ތެރެއިން ކުދިންގެ ވިސްނުން ބަދަލުކޮށް އިންސާނީ ހައްގާއި ކަރާމަތަށް ރައްކާތެރިވުމުގެ މުހިއްމުކަން ދަސްކޮށްދެވޭގޮތަށް ޕްރޮގްރާމްތައް މުރާޖައާކޮށް ތަންފީޒުކުރާނެ
  • ކުށަށް ޒިންމާވާންޖެހޭ އުމުރުގެ މީހުން ކުށުގެ ވެއްޓަށް ހުޅަހެޅުމުން، އެ ކުށެއްގެ ޒިންމާ ނެގުމުގައި ބަންދު ނޫން އެހެނިހެން ބާވަތުގެ އަދަބުތައް ދިނުމުގެ އުސޫލު ހަރުދަނާކުރާނެ
  • ޕެރޯލް، ކްލެމެންސީ އަދި ހުކުމްކުރުމުގެ އުސޫލުތައް މުރާޖައާކުރާނެ
  • ހުރިހާ ދާއިރާއެއްގައިވެސް ކްރިޓިކަލް އިންފްރާސްޓްރަކްޗާ ގާއިމުކުރާނެ
  • އެކި ކުށްތަކުގައި ބަންދުކުރެވޭ މީހުންގެ އިންސާނީ ކަރާމާތަށް އިސްކަންދިނުމަށް ބޭނުންވާ ވަސީލަތްތައް ފުރިހަމަކުރާނެ

ރާއްޖޭގައި އަމާން މުޖުތަމައެއް ގާއިމުކުރަން އެމްޑީޕީން އެކުލަވާލާފައިވާ މި ސިޔާސަތުގައި އިތުރަށް ހިމަނާފައިވާ ކަންތައްތަކުގެ ތެރޭގައި އިޖްތިމާއީ ބަދަހި މަދަދުވެރިން (އިބަމަ) އަށް ބޭނުންވާނެ ވަސީލަތްތައް ފުރިހަމަކޮށް، އިޖްތިމާއީ ފެންވަރުގައި މައްސަލަތަކަށް ހައްލުހޯދޭނެ އެކްޝަން ޕްލޭނެއް އެކުލަވާލައި ތަންފީޒުކުރުމާއި ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރާ މީހުންނަށާއި އެމީހުންގެ އާއިލާއަށް ބޭނުންވާނެ ސައިކޮސޯޝަލް ސަޕޯޓާއި، ޕިއާ-ސަޕޯޓް އަދި ރިކަވަރީ-ސަޕޯޓް ނެޓްވޯކް ގާއިމުކުރުން ފަދަ ކަންތައްތައް ހިމެނެ އެވެ.

އަދި ޕްރިޒަން ރިހެބިލިޓޭޝަން ޕްރޮގްރާމް އިތުރަށް ފުޅާކުރުމާއި ކުޑަކުދިން ކުށް ތަކުރާރުކުރުމާ ދުރުހެލިކުރުމަށްޓަކައި ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދަށުން ހިންގޭ ޕްރޮގްރާމްތަކަކީ ކުޑަކުދިންނަށް ކުރެވޭ ކުށަށް ފަރުދީ ޒިންމާނެގުމާއެކު، އެ ކުށުން ދުރުވުމަށް އާއިލާއާއި މުޖުތަމައުގެ ބައިވެރިވުން ލިބޭނެހެން ފަރުމާކުރެވި ތަންފީޒުކުރެވޭ ޕްރޮގްރާމަކަށް ހަދަން ވަނީ ހިމަނާފަ އެވެ.

އެމްޑީޕީގެ މެނިފެސްޓޯގައި މައިގަނޑު ފަސް ސިޔާސަތެއް ވަނީ ހިމަނާފަ އެވެ. އޭގެ ތެރެއިން ލޯންޗުކޮށްފައި ވަނީ ތިން ސިޔާސަތެވެ. އެއީ, "އުފާވެރި ދިރިއުޅުން", "އާ ޒުވާނުންގެ ޖީލު" އަދި މިރޭ ހާމަކުރި "އަމާން މުޖުތަމައު" ސިޔާސަތެވެ. ބާކީ ދެ ސިޔާސަތު ވެސް ކުރިއަށް އޮތް ދުވަސްތަކުގައި އެ ޕާޓީން ހާމަކުރާނެ އެވެ.