19 ސެޕްޓެންބަރު 2023 - 07:42 0
19 ސެޕްޓެންބަރު 2023 - 07:42 0
ޒަމާނަށް އައި ބަދަލާއެކު ކުޑަތަންވީ ހަމައެކަނި ވަގުތެއް ނޫނެވެ. ވަށައިގެންވާ މާހައުލު ވެސް ކުޑަވެ ހެލިފެލިވެ އުޅެންޖެހޭ މިންވަރު އިތުރުވެއްޖެ އެވެ. މީގެ ކުރިން ދެ ދުވަހުން ނުވަތަ ތިން ދުވަހުން ކުރާ ކަންކަން މިހާރު އެންމެ 24 ގަޑިއިރުގެ ތެރެއަށް ފައްތަން މަޖުބޫރުވެފައިވާއިރު، އޭގެތެރެއިން އެންމެ ބޮޑު ޒިންމާއެއް އުފުލާ ބަޔަކީ އަންހެނުން ކަމުގައި ދެންނެވުން ދޮގަކަށް ނުވާނެ އެވެ.
ނަމަވެސް ފިރިހެނުންނާ ހިލާފަށް އެ ޒިންމާތައް އަންހެނުން އުފުލަމުން ދަނީ އެތައް ބުރައަކާއި އުނދަގޫ ވެސް ތަހަންމަލު ކުރަމުންނެވެ. އޭގެތެރޭގައި ކޮންމެ މަހަކު އެއްފަހަރު ކުރިމަތިލާންޖެހޭ މައްސަރުގެ ކަންތައް ހިމެނެ އެވެ. ކަންމިހެން ހުރުމުން މިންތީގެ ހަމަހަމަކަމާއެކު ފިރިހެނުންނެކޭ އެއްވަރަށް ނުވަތަ އެއަށްވުރެ ވެސް ބޮޑަށް ކަންކަމުގައި ހެލިފެލިވެ އުޅެވޭނެ ގޮތަށް އެކި ކުންފުނިތަކުން ތަފާތު ވައްތަރުތަކުގެ ޕެޑުތައް އުފައްދައި ވިއްކަމުންދެ އެވެ.
މެދުތެރޭ ޔޫރަޕާއި އިރުމަތީ ޔޫރަޕުގައި މިހާރު ވެސް އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ބެލާ ބުރޭންޑަކީ އެ ދާއިރާއިން ފާހަގަކޮށްލެވޭ އެއް ބުރޭންޑެވެ. އަންހެނުންގެ ދުޅަހެޔޮކަމާއި ސިއްހަތާ ގުޅުންހުރި ތަފާތު އެކި ވައްތަރުގެ އުފެއްދުންތައް އެ ކުންފުނިން އުފައްދަމުންދެ އެވެ. ބެލާ ބުރޭންޑުގެ އުފެއްދުންތަކަކީ މިހާރު ދިވެހިންގެ ތެރޭގައި ވެސް އައު އުފެއްދުންތަކަކަށް ނުވާނެ އެވެ.
ހުޅަނގު ޔޫރަޕާއި އޭޝިއާގެ މާކެޓު ފަތަހަ ކުރަމުން މިހާރު އަންނަ ބެލާ ބުރޭންޑުގެ އެކި އުމުރުފުރާތަކަށް ވެސް ކަމުދާ ތަފާތު ވައްތަރުތަކުގެ ސެނިޓަރީ ޕެޑާއި ޕޭންޓައިލައިނާސްއާއި ޓެމްޕޯންސްގެ އިތުރުން ވެސް ހައިޖީންއަށް ބޭނުންވާ ގިނަ އުފެއްދުންތައް ލައިފް ސަޕޯޓުގެ ފިހާރަތަކުން ވިއްކަމުންދެ އެވެ
އަލްޓްރާ ތިން ސެނިޓަރީ ޕެޑްސް: ހަންގަނޑަށް އަރާމު އަދި ފަސޭހަ މާއްދާއެއް ބޭނުންކޮށްގެން ހަދާފައިވާ މި އުފެއްދުމަކީ އާންމުކޮށް ހުންނަ ޕެޑުތަކަށްވުރެ މާ ތުނިކޮށް އުފައްދާފައިވާ ޕެޑެކެވެ. އެހެންނަމަވެސް މިވައްތަރުގެ ޕެޑު އެހެން ޕެޑުތަކެކޭ އެއްގޮތަށް ގިނައިރު، އުނދަގުލަކާ ނުލައި ބޭނުން ކުރެވޭނެ އެވެ.
ފަތްޕިލާވެލީގެ ބާވަތްތަކުން އުފައްދާފައިވާ ސެނިޓަރީ ޕެޑްސް: ހަންގަނޑަށް އެތައް ފައިދާއެއް ލިއްބައިދޭ ވާބީނާ މަލުގެ މީރު ވަސް ހިމެނޭ މި އުފެއްދުމަކީ ބޭނުންކުރާ ފަރާތުގެ ހިއްސުތަކަށް އަރާމު ލިއްބައިދޭނެހެން އުފައްދާފައިވާ ސެނިޓަރީ ޕެޑެކެވެ. ވާބީނާ މަލުގެ ސަބަބުން ނާޒުކު ހަމުގެ ސަރަހައްދުތައް ކެހުމާއި ދުޅަވުން ފަދަ ކަންކަމުން ދުރުކޮށްދެ އެވެ.
މި ޕެޑަކީ ވަރަށް ގިނައިރު ވަންދެން ތެތްކަން އިހުސާސް ނުވެ ބޭނުން ކުރެވޭނެ ރަނގަޅު އުފެއްދުމެއް ކަން ބެލާ ކުންފުނިން ޔަގީން ކޮށްދެ އެވެ.
ކްލާސިކް ޕެންޓައިލައިނާސް: މިއީ އެންމެ ކުރިން ފެށިގެން ވެސް ބޭނުން ކުރަމުން އަންނަ ބޯމިނުގެ ޕެޑެވެ. މި ޕެޑަކީ ރައްކާތެރިކަމާއި ޔަގީންކަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޕެޑެކެވެ. ހަންގަނޑުގެ ނާޒުކުކަމަށް ހާއްސަ މި ވައްތަރުގެ ސެނިޓަރީ ޕެޑަކީ ފަސޭހަ އުފެއްދުމެއް ކަމަށް ބެލާ ކުންފުނިން ޔަގީން ކޮށްދެ އެވެ.
މީގެ އިތުރުން ވެސް ލައިފް ސަޕޯޓުގެ ފިހާރަތަކުގައި އަންހެނުންނާއި ކުޑަކުދިންގެ އިތުރުން ފިރިހެނުންނާއި އުމުރުން ދުވަސްވީ ފަރާތްތަކަށް ވެސް ހާއްސަ ތަފާތު އުފެއްދުންތައް ވިއްކަމުންދެ އެވެ.
އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖެއަށް މެޑިކަލް ސާމާނު އެތެރެކޮށް ވިއްކަމުންދާ ލައިފް ސަޕޯޓު ކުންފުނީގެ ހަތަރު ފިހާރައެއް މާލޭގައި ހިންގަމުންދެ އެވެ. އޭގެއިތުރުން ނިލަންދޫ އަދި އައްޑޫ ސިޓީގައި ވެސް ލައިފް ސަޕޯޓުގެ ފިހާރަތައް ހިންގަމުންދެ އެވެ.
Comment