Advertisement

ވައުދުތައް ފުއްދަން ބޭނުންވާ ފައިސާ ލިބޭނެކަން ޔަގީން: ރައީސް

12 އޮގަސްޓު 2023 - 13:19 0

އަހުމަދު އާއިދު

އ

Advertisement

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނ. ކެނދިކުޅުދޫގައި : ވިދާޅުވީ ހުރިހާ ވައުދެއް ފުއްދުމަށް ބޭރުން ބޭނުންވާ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ވައުދުތައް ފުއްދަން ބޭނުންވާ ފައިސާ ލިބޭނެކަން ޔަގީން: ރައީސް

12 އޮގަސްޓު 2023 - 13:19 0

Advertisement

Advertisement

ރިޔާސީ ކެމްޕެއިނުގައި މިހާރު ރަށްރަށް ވަޑައިގެން ވަމުން ގެންދަވާ ވައުދުތައް ފުއްދުމަށް ބޭރުގެ ގައުމުތަކާއި ބޭންކުތަކުން ބޭނުންވާ އެހީ އާއި ލޯނުތައް ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށާއި އެ ފަރާތްތަކުން އެ ޔަގީންކަން މިހާރުވެސް ދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި އެ އަތޮޅު ކެނދިކުޅުދޫގައި ހުންނަވާ ރައީސް ސޯލިހު ވިދާޅުވީ އެ ފައިސާ ހޯދުމުގައި ކޯލިޝަން ޕާޓްނަރު، އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދަކީ ވަރަށް ވެސް ބޮޑު އެސެޓެއް ކަމަށެވެ.

Advertisement

"އަޅުގަނޑުމެން ކެމްޕެއިނަށް ނިކުތް ފަހުން ވެސް އެބަ ދިމާވޭ ބޭރުގެ އެކި ފަރާތްތަކާ، މަޝްވަރާވެސް ކުރެވޭ، [ބޭރުގެ ފަރާތްތަކުން] އަހާފަ އެބަހުރި ކޮންބައެއްހޭ ކޯލިޝަނުގައި ތިބީ. ސިޔާމް ގެ ވާހަކަ ހަމަ ބުނާއިރަށް އެ މީހުން އެކަމަށް އެބަ އާބަސް ބުނޭ. ވަރަށް ރަނގަޅު ޑިޒިޝަނެކޭ، ކުރިއަށް ދާށޭ، ކުރިއަށް އޮތްތަނުގައި ތިމަންމަމެން ދޭން ޖެހޭ ފައިސާ ދިނުމުގައި އެއްވެސް ދައްޗެއް ނުވާނޭ،" ރައީސް ވިދާޅުވި އެވެ.

ސިޔާމްގެ އުފަން އަތޮޅުގައި ހުންނަވާ ރައީސް ވަނީ ދެ ވަނަ ދައުރެއްގައި އެމަނިކުފާނުގެ ސަރުކާރަށް ސިޔާމްގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. ހާއްސަކޮށް، ބޭރުގެ ބޭންކުތަކާއި ފައިނޭންޝަލް އޮތޯރިޓީތަކާ ސިޔާމްގެ ވިޔަފާރިތަކުން ބާއްވާ ރަނގަޅު ގުޅުމަކީ ކުރިއަށް އޮތް ފަސް އަހަރު ލިބިއްޖެނަމަ ސަރުކާރަށް ބޮޑުތަނުން ފައިދާ ކުރާނެ ކަންކަން ކަމުގައި ރައީސް ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން މިއަދު މިވާ ހުރިހާ ވައުދެއް ފުއްދުމަށްޓަކާ ބޭރުގެ ސަރުކާރުތަކުންނާއި ބޭންކުތަކުން މިއަދު ޔަގީންކަން އެބަދޭ ފައިސާ ލިބޭނެ ކަމަށް،" ރައީސް ވިދާޅުވި އެވެ.

Advertisement

ރައީސް މިހެން ވިދާޅުވެފައި މިވަނީ އެމަނިކުފާނުގެ ކެމްޕޭން ދަތުރުތަކުގައި ރަށްރަށް ގިނަ ވައުދުތަކެއް ވެވަޑައިގަންވަމުންދާތީ އިދިކޮޅުން ފާޑުކިޔަމުންދާ ވަގުތެއްގަ އެވެ. އެގޮތުން ރައީސްގެ ވައުދުތަކަކީ ޕްލޭނެއް ނެތި ވޯޓަށް ވާ ވައުދުތަކެއް ކަމަށް އިދިކޮޅު އެކި ފަރާތްތަކުން ވަނީ ބުނެފަ އެވެ.

ނަމަވެސް، ރައީސް ޔަގީންކަން ދެއްވީ އެގޮތަށް ކަން ނުވާނެ ކަމަށެވެ. އެއަށްފަހު ކެނދިކުޅުދޫއަށް ވެސް ވައުދުތަކެއް ވެވަޑައިތެވެ. އެގޮތުން އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށާއި ތަފާތު ކުޅިވަރުތައް ކުޅެވޭނެ ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުމުގެ އިތުރުން މަދުވެގެން 300 ފުލެޓު އެޅުމަށް ރައީސް ވައުދުވެވަޑައިގަތެވެ.