Advertisement

ކޭންގެ ޑީލުގައި "ގޮތްދޫނުކުރަން" ޓޮޓެންހަމުން ނިންމައިފި

8 އޮގަސްޓު 2023 - 13:49 0


ކޭންގެ ޑީލުގައި "ގޮތްދޫނުކުރަން" ޓޮޓެންހަމުން ނިންމައިފި

8 އޮގަސްޓު 2023 - 13:49 0

ލަންޑަން (އޮގަސްޓް 8) - ބަޔާން މިއުނިކުން ޓޮޓެންހަމް ހޮސްޓްޕާސްގެ ފޯވާޑް ހެރީ ކޭން ގަންނަން އެންމެ ފަހުން ކުރި ބިޑް ވެސް އަނބުރާ ފޮނުވާލައިފި އެވެ.

ޓޮޓެންހަމް އިން ވަނީ ބަޔާނުން މިހާތަނަށް ކުރި ތިން ބިޑަށް ވެސް ނޫނެކޭ ބުނެފަ އެވެ.

އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ބަޔާނުން ވަނީ ކޭންގެ ޑީލާ މެދު ގޮތެއް ނިންމަން ފުރުސަތު ދީފަ އެވެ. ބަޔާނުން އެންމެ ފަހުން ކޭން އަށް ކުރި ބިޑްގެ ޖުމްލަ އަގަކީ 112 މިލިއަން ޑޮލަަރެވެ. އެކަމަކު، މި ބިޑް ވެސް ޓޮޓެންހަމް އިން އަނބުރާ ފޮނުވާލުމާ އެކު، މި ޓްރާންސްފާގައި ކޭން އަށް ކްލަބް ބަދަލުކުރަން އޮތް ފުރުސަތު މި ވަނީ ހަނިވެފަ އެވެ.

އަންނަ ސީޒަނުގެ ނިޔަލަށް ކޭން، 30، ޓޮޓެންހަމްގެ ކޮންޓްރެކްޓްގައި ހުރިއިރު، އެ އެއްބަސްވުން އާ ކުރަން ޓޮޓެންހަމް އިން މިހާތަނަށް ކުރި އެއްވެސް މަސައްކަތެއް ކާމިޔާބެއްނުވި އެވެ. ޓޮޓެންހަމް ދޫކޮށްލަން ކޭން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ ތަށްޓަށް ވާދަކުރެވޭ ޓީމަކަށް ކުޅުމުގެ ގޮތުންނެވެ.

ކްލަބް ލެވަލްގައި ކޭން އަށް އަދި ތަށްޓެއްގައި އަތްލުމުގެ ނަސީބު ލިބިފައިނުވެ އެވެ.

ޓޮޓެންހަމަށް ކުޅެދިން 435 މެޗުން 280 ގޯލު ޖަހައިދީފައިވާ ކޭން، އަކީ އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް ހޯލްޑަރެވެ. ޓޮޓެންހަމްގެ ވެރިޔާ، ޑެނިއަލް ލެވީ ވިދާޅުވީ ގޮތުގައި ޓޮޓެންހަމް އިން ކޭން ވިއްކާލަން ބޭނުންވާ އަގު ނުލިބެނިސް އެއްވެސް ޑީލަކަށް މަޝްވަރާ ކުރެވެން ނެތް ކަމަށެވެ.

ބަޔާނުން މި ފަހަރުގެ ސީޒަން ފަށާނީ މި މަހު 12 ވަނަ ދުވަހު އާރްބީ ލައިޕްޒިގާ ދެކޮޅަށް ކުޅޭ ސުޕަ ކަޕް މެޗުންނެވެ. އޭގެ އަނެއް ދުވަހު، އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި ޓޮޓެންހަމުން ބްރެންޓްފޯޑާ ބައްދަލުކުރާނެ އެވެ. އޭގެ ކުރިން، ކޭންގެ މުސްތަގުބަލާ މެދު ގޮތެއް ނިންމަން އޭނާގެ އޭޖެންޓް ބޭނުންވެ އެވެ.