Advertisement

ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ބުރު ތިން ވަނަ އަށް

31 ޖުލައި 2023 - 10:34 0


ޔުނައިޓެޑް ވިކްޓަރީ ބަލިކޮށް ބުރު ތިން ވަނަ އަށް

31 ޖުލައި 2023 - 10:34 0

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން 3-1 އިން މޮޅުވެ، ބުރު ސްޕޯޓްސް ކްލަބް، އަލުން ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގައި އިއްޔެ ހަވީރު ޓީސީ ސްޕޯޓްސް ކްލަބް އަތުން މޮޅުވެ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ތިން ވަނަ އަށް ޖެހިލި ނަމަވެސް ރޭ ކުޅުނު މެޗުން މޮޅުވެ، ބުރު ވަނީ އަލުން ތިން ވަނަ އަށް އަރައިފަ އެވެ. ތިން ވަނައިގައި އޮތް ބުރު އާއި ހަތަރެއްގައި އޮތް ސަސް އަށް ވެސް ހަ މެޗުން ލިބިފައިވަނީ 12 ޕޮއިންޓް ލިބިފަ އެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަަމަ ހާފުގައި ބުރު އިން ލީޑުނެގީ އެ ޓީމުގެ މުހައްމަދު ނާއިމް، މެޗުގެ 39 ވަަނަ މިިނިޓްގައި ކާމިޔާބުކުރި ޕެނަލްޓީންނެވެ.

ބުރުން އަނެއް ދެ ގޯލު ޖެހީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، މެޗުގެ 76 ވަނަ މިނިޓްގައި ބުރުގެ ދެ ވަނަ ލަނޑު ޖެހީ އަލީ ހަމްދާން (އައްޔަ) އެވެ. މެޗުގެ އިތުރު ވަގުތުގައި ބުރުގެ ތިން ވަނަ ގޯލު ކާމިޔާބުކުރީ މުހައްމަދު އަންވަރު އެވެ.

މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޯޗުކަމުގައި ކުޅެމުން އަންނަ ބުރުން އަންނަނީ މި ސީޒަނުގައި ނިސްބަތުން ބަލާއިރު، ފުރަތަމަ ޑިވިޝަނުގައި އަލަށް ވާދަކުރާ ޓީމެއްގެ ގޮތުގައި ނުކުމެ، ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ސީޒަން ފަށަން ކުޅުނު ޕްރެޒިޑެންޓްސް ކަޕްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކުރިއިރު، ލީގުގައި މި އަންނަނީ ރަނގަޅު ވާދައެއް ކުރަމުންނެވެ.

ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުތައް އޮންނާނީ އަންނަ ބުރާސްފަތި އަދި ހުކުރު ދުވަހު އެވެ.