Advertisement

ހުލާސާކޮށް އިއްޔެ: ކެމްޕޭން ދެކުނުގެ ދެ އަތޮޅުގައި، ދެ ކެންޑިޑޭޓަކު ރަނިން މޭޓުން އިއުލާނު ކުރުން

31 ޖުލައި 2023 - 07:02 0

ރައީސް ސޯލިހު އިއްޔެ ފުވައްމުލަކަށް ވަޑައިގެން ސަޕޯޓަރުންނާ ސަލާމްކުރައްވަނީ. -- ފޮޓޯ: މިރާޝް ނާޝިމް


ހުލާސާކޮށް އިއްޔެ: ކެމްޕޭން ދެކުނުގެ ދެ އަތޮޅުގައި، ދެ ކެންޑިޑޭޓަކު ރަނިން މޭޓުން އިއުލާނު ކުރުން

31 ޖުލައި 2023 - 07:02 0

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ފޯރި އިތުރުވާން ފަށައި، އެމްޑީޕީގެ ކެންޑިޑޭޓި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިއްޔެ ފުވައްމުލަކަށް ވަޑައިގެންނެވިއިރު، ދަ ޑިމޮކްރެޓްސް ކެންޑިޑޭޓު އިލްޔާސް ލަބީބު އާއި އެ ޕާޓީ އުފެއްދުމުގެ ފަހަތުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އައްޑޫގައި ކެމްޕޭން ކުރައްވަމުންނެވެ.

ރައީސް ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ފުވައްމުލަކަށް ވަޑައިގަތުމުން ވަރަށް ހޫނު މަރުހަބާއެއް ކިޔެ އެވެ.

ޕީޕީއެމްގެ ސަޕޯޓަރުން ރައީސް ސޯލިހާ ދެކޮޅަށް އަޑުއުފުލުމަށް ނުކުމެ ހަމަނުޖެހުން އުފެއްދި އެވެ.

އިއްޔެ ވަނީ ޕީޕީއެމްގެ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓަކަށް، އެ މަނިކުފާނުގެ ވެރިކަމުގެ ނައިބު ރައީސް އަދި މިހާރު އެ މަނިކުފާނުގެ ގާނޫނީ ވަކީލް މުހައްމަދު ޖަމީލު އަހުމަދު ހަމަޖައްސަވައިފަ އެވެ. ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބުގެ ރަނިންމޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ހަމަޖެއްސުމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް އެކަން އިއުލާނެއް ނުކުރެ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ރޭ ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވަނީ އެ ސިޓީއަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފަ އެވެ. އެގޮތުން, މިހާރު އޮތް ބަނދަރަކީ ވަރަށް ގިނަ ދިރާސާތަކެއް ކުރެވިގެން ހަދާފައިވާ ބަނދަރެއް ކަމަށާއި ބަނދަރު ބޮޑުކުރަން ބޭނުންވާ ދިރާސާތައް ވެސް ފަށާފައިވާ ކަމަށް އެމަނިކުފާނު ހާމަކުރެއްވި އެވެ.

އަޅުގަނޑުމެންގެ ވިސްނުމަކީ ހަމަ މި ރަށުގެ ރައްޔިތުން އެދުނު ގޮތަށް ބަނދަރު ބޮޑުކުރެވެން އޮތީ ކިހިނެއްތޯ ބަލައި އެކަން ކުރުން. މިހާރު އެ ދިރާސާތައް މިނިސްޓަރު އަސްލަމްގެ ބެލުމުގެ ދަށުން ކުރެވެމުން ދަނީ. އިރާދު ކުރެއްވިއްޔާ ކުރިއަށް އޮތް ދަރުގައި ތިޔަ ބޭފުޅުންނަށް މި ރަށުގެ ބަނދަރު ބޮޑުވެގެންދާ މަންޒަރު ފެނިގެންދާނެ,"

ދުވަހުގެ ފޮޓޯ

ފުވައްމުލަކު ދޫޑިގަން އަވަށުގެ ފުޓްބޯޅަ ދަނޑު ހުޅުވައި ދެއްވުމުގެ ގޮތުން ރައީސް ބޯޅަ ޖައްސަވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު