Advertisement

ދައުލަތަށް ކުރާ ހިދުމަތުން ޒުވާނުން އުފާ ހޯދުމަށް ރައީސް ގޮވާލައްވައިފި

29 ޖުލައި 2023 - 11:22 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދުގެ ޖަލްސާގައި : ދައުލަތަށް ކުރާ ހިދުމަތުން ޒުވާނުން އުފާ ހޯދުމަށް ރައީސް ގޮވާލެއްވި - ފޮޓޯ: ރައީސް އޮފީސް


ދައުލަތަށް ކުރާ ހިދުމަތުން ޒުވާނުން އުފާ ހޯދުމަށް ރައީސް ގޮވާލައްވައިފި

29 ޖުލައި 2023 - 11:22 0

ދައުލަތަށް ހިދުމަތްކުރުމަކީ ކޮންމެ ޒުވާނަކު ވެސް އުފަލަކަށް ހަދަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ދިގުމުއްތަކަށް ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދިނުމުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ސަރުކާރުގެ މުވައްޒަފުންގެ ގޮތުގައި ތިބި ޒުވާނުން އޮފީހަށް ދަނީ ހަމައެކަނި ވަޒީފާ އަދާކުރަން ކަމަށް ދެކުން ހުއްޓާލަން ޖެހޭ ކަމަށެވެ.

"ތިޔަ ޒުވާނުން ހަވާލުވެވަޑައިގެން ތި ތިއްބެވީ ގައުމީ ތަރައްގީގެ ވަރަށް މުހިންމު ޒިންމާތަކާ. ތިޔަ އަދާކުރައްވަނީ ވަރަށް މަތިވެރި ގައުމީ ވާޖިބެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

އެހެން ވިދާޅުވެ ރައީސް މިސާލު ނެންގެވީ މިއަދު އިނާމު ހާސިލްކުރެއްވި ގައުމީ ހިދުމަތްތެރީންގެ ހިދުމަތުންނެވެ. ތަރައްގީގެ މަގުން ރާއްޖެ މިއަދު މިއޮތް ހިސާބަށް އައީ މިއަދު އިނާމު ލިބުނު ހިދުމަތްތެރީންގެ ބުރަ މަސައްކަތާއި ގުރުބާނީގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި، މިއަދު އިނާމު ހާސިލްކުރި ފަރާތްތަކުން ގައުމީ ހިދުމަތަށް ނުކުންނެވި ޒުވާން އުމުރު ވެސް އަދުގެ ޒުވާނުންނަށް އެމަނިކުފާނު ހަނދާކޮށްދެއްވި އެވެ.

"[ގައުމީ] ވާޖިބުތައް އަދާކުރެއްވުމުގައި ހިތުގެ އެންމެ އިހްލާސްތެރިކަމާއެކު، ވަފާތެރިކަންމަތީ ދެމިތިއްބެވުމަށް ދައުލަތުގެ ހުރިހާ މުވައްޒަފުންނަށް، ވަކީން ހާއްސަކޮށް ދިވެހި ޒުވާނުންނަށް އަޅުގަނޑު އިލްތިމާސްކުރަން،" ރައީސް ވިދާޅުވި އެވެ.

މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި 148 ގައުމީ ހިދުމަތްތެރިއަކަށް އިނާމު އެރުވި އެވެ. ދެހާސް އެކާވީސް ވަނަ އަހަރު ދޭން ފެށި މި އިނާމު މިހާތަނަށް 309 ވަނީ ދީފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 45 އަހަރަށްވުރެ ގިނަ ދުވަހު ދައުލަތަށް ހިދުމަތް ކުރެއްވި ފަރާތްތަކެވެ.