Advertisement

ޖޫން މަހު ތަކެތީގެ އަގުތައް 0.10 ޕަސެންޓު އުފުލިއްޖެ

6 އޮގަސްޓު 2023 - 17:07 1

އަމަން ހަލީމް

އަމަން ހަލީމް

މަސް ކިރަނީ: ޖޫން މަހު އެންމެ ބޮޑަށް އަގު އުފުލުނީ މަހުގެ ބާވަތްތަކުން --- ފޮޓޯ/މިރާޝް ނާޝިމް


ޖޫން މަހު ތަކެތީގެ އަގުތައް 0.10 ޕަސެންޓު އުފުލިއްޖެ

6 އޮގަސްޓު 2023 - 17:07 1

މެއި މަހު ތަކެތީގެ އަގުތައް ދަށަށް ދިޔުމަށް ފަހު ޖޫން މަހު އަނެއްކާ ވެސް ތަކެތީގެ އަގުތައް އުފުލިފައިވާ ކަމަށް ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން މިދިޔަ ހަފުތާގައި އާންމުކުރި ޖޫން މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ރިޕޯޓުން ދައްކާ ގޮތުގައި އެ މަހު އިންފްލޭޝަން ހުރީ 0.10 ޕަސެންޓުގަ އެވެ.

ޖޫން މަހުގެ ތެރޭގައި އިންފްލޭޝަން އުފުލެން މެދުވެރިވީ މަހުގެ ބާވަތްތަކާއި، ތަރުކާރީ އާއި އެޕްލަޔަންސްތަކުގެ އިތުރުން ވައިގެ ދަތުރުފަތުރާއި ކިރާއި ކިރުން އުފައްދާ އެހެނިހެން ބާވަތްތަކާއި ބޭހާއި އަންނައުނުގެ ބާވަތްތަކުގެ އަގު އުފުލުމާ ގުޅިގެންނެވެ. އަގު ހެޔޮވީ މޭވާގެ ބާވަތްތަކުންނާއި، މުވާސަލާތީ ހިދުމަތްތަކާއި ފަރުނީޗަރުންނެވެ.

ޖޫން މަހު އެންމެ ބޮޑަށް އަގު އުފުލުނު ބާވަތްތައް:

  • މަހާއި މަހުގެ އުފެއްދުންތައް - %2.48
  • ތަރުކާރީގެ ބާވަތްތައް - %2.11
  • ކަރަންޓާއި، ކަރަންޓު ނޫން އެޕްލަޔަންސްތައް - %1.41
  • ކިރާއި ކިރުގެ އުފެއްދުންތައް - %0.61

މަހުން މަހަށް ތަކެތީގެ އަގު އުފުލުނު ނަމަވެސް އަހަރުން އަހަރަށް ހިސާބުކުރާއިރު ޖޫން މަހު އިންފްލޭޝަން ހުރީ %2.5 ގަ އެވެ.