Advertisement

ފުލުހުންގެ ތަހުގީގު ޑިޕާޓްމަންޓުތަކަށް ހާއްސަ އިމާރާތް ރަސްމީކޮށް ހުޅުވައިފި

23 ޖުލައި 2023 - 19:00 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ފުލުހުންގެ ތަހުގީގު ޑިޕާޓްމަންޓުތަކަށް ހާއްސަކޮށް ހެދި "ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގް" - ފޮޓޯ: ފުލުހުން


ފުލުހުންގެ ތަހުގީގު ޑިޕާޓްމަންޓުތަކަށް ހާއްސަ އިމާރާތް ރަސްމީކޮށް ހުޅުވައިފި

23 ޖުލައި 2023 - 19:00 0

ފުލުހުންގެ ތަހުގީގުތަކަށް ހާއްސަކޮށްގެން ހެދި އިމާރާތް ނިންމައި ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

މިއަދު ހެދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގް" ގެ ނަން ދެވުނު މި އިމާރާތް ރަސްމީކޮށް ހުޅުވައިދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އެވެ.

ކޮމިޝަނާ އަދި މިނިސްޓަރުގެ އިތުރުން މި ރަސްމިއްޔާތުގައި ފުލުހުންގެ ސީނިއާ އެގްޒެކެޓިވް އޮފިސަރުންނާއި، އިމާރާތަށް ނަންދެވުނު، މަރުހޫމް ސާޖަންޓު އާދަމް ހަލީމްގެ އާއިލާގެ އިތުރުން އާންމު ފުލުހުންވެސް ބައިވެރިވެފައިވެ އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު އިމްރާން ވަނީ، ފުލުހުންގެ މެމޯރިއަލް ދުވަހެއް ފާހަގަކުރަމުންދާއިރު ސާޖަންޓް އާދަމް ހަލީމް ފަދަ ހިދުމަތްތެރި އެތައް ފުލުހުންނެއް މިއަދު މިދުނިޔެއާ ވަކިވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި އެ ފުލުހުންނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރެއްވުން އެދި ދުއާކުރައްވައިފަ އެވެ.

ކ. ކާށިދޫގައި ފުލުހުންގެ ޑިއުޓީގައި ހުންނަވަނިކޮށް ސާޖަންޓު އާދަމް ހަލީމަށް ހަމަލާދީ އޭނާ ޝަހީދުކޮށްލާފައި ވަނީ ޖުލައި 23، 2012 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ ވަޅިން ހަމަލާދީގެންނެވެ.

އަލަށް ހުޅުވި ފުލުހުންގެ އިމާރާތް މިނިސްޓަރު އިމްރާން އަދި ސީޕީ ހަމީދު ބައްލަވާލައްވަނީ - ފޮޓޯ: ފުލުހުން


ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީޕީ ހަމީދު ވަނީ، މި އިމާރާތް ހުޅުވިގެން މިދަނީ ޝަހީދު ސާޖަންޓް އާދަމް ހަލީމުގެ ހަނދާނުގައި ފުލުހުންގެ މެމޯރިލް ޑޭގައި ކަން ފާހަގަކުރައްވާ، ފުލުހުންގެ 'މެމޯރިއަލް ޑޭ' މި ހާދިސާއަށް ހާއްސަކޮށް ނިސްބަތް ކުރެވިފައިވަނީ ޝަހީދު ސާޖަންޓް އާދަމް ހަލީމުގެ ކެރުމާއ،ި ހިތްވަރުގަދަކަމާއ،ި ވާޖިބަށް ބެހެއްޓެވި ތެދުވެރިކަމުގެ މައްޗަށް ކަމަށް ވިދާޅުވެފަ އެވެ.

މީގެއިތުރުން، ތަހުގީގުކުރާ މުވައްޒަފުން ބިނާކުރުމާއި ހަރުދަނާ އޮނިގަނޑުތައް އެކުލަވާލައި، ވަސީލަތްތައް އިތުރުކުރުމަކީ ފުލުހުންގެ ފަސް އަހަރުގެ ސްޓްރެޓެޖިކް ޕްލޭނުގެ ވޮލިއުމް އެންޑް ހައި ކްރައިމް އިމްޕެކްޓް ކްރައިމްގެ ޕްރައިއޯރިޓީއާ ގުޅިފައިވާ ވަރަށް މުހިންމު ބައިތަކެއް ކަމަށް ހަމީދު ވިދާޅުވިއެވެ.

މިއަދު ހުޅުވިގެންދިޔަ ފުލުހުންގެ 10 ބުރީގެ މި އިމާރާތުގައި އިންޓަވިއު ރޫމުތަކާއި މެސް ހޯލަކާއި ކޮންފަރެންސް ރޫމެއްގެ އިތުރުން މަލްޓިޕާޕަސް ހޯލެއް ހިމެނެއެވެ. އަދި، މި އިމާރާތަށް، އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓް، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް އަދި ޑްރަގް އެންފޯސްމަންޓް ގެ އިތުރުން އިިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯއާއި ހެންވޭރު ޕޮލިސްގެ މަސައްކަތްތައްވެސް ވަނީ ބަދަލުވެފައެވެ.