Advertisement

ޕެރިސް އޮލިމްޕިކްސްގައި އަލްކަރާޒްގެ ހުވަފެނަކީ ނަޑާލާ އެކު ޑަބަލްސް ކުޅުން

21 ޖުލައި 2023 - 14:44 0


ޕެރިސް އޮލިމްޕިކްސްގައި އަލްކަރާޒްގެ ހުވަފެނަކީ ނަޑާލާ އެކު ޑަބަލްސް ކުޅުން

21 ޖުލައި 2023 - 14:44 0

މެޑްރިޑް (ޖުލައި 21) - ދާދި ފަހުން ވިމްބަލްޑަން ކާމިޔާބުކުރި ޒުވާން ޓެނިސް ކުޅުންތެރިޔާ، ކާލޯސް އަލްކަރާޒްގެ ހުވަފެނަކީ އަންނަ އަހަރު ބާއްވާ ޕެރިސް އޮލިމްޕިކްސްގައި، ރަފައެލް ނަޑާލާ އެކު ޑަބަލްސް ކުޅުން ކަމަށް ބުނެފި އެވެ.

ނަޑާލް، 37، ޕްރޮފެޝަނަލްކޮށް ޓެނިސް ކުޅެމުން ދަނިކޮށް އުފަންވި، އަލްކަރާޒް، 20، އަކީ ދެން ދުނިޔޭގެ ޓެނިހުގައި ކުރިއަށް އޮތް އަހަރުތަކުގައި ލީޑުކޮށް، ސްޕެއިނުގެ ޓެނިސް އެހެން ލެވެލަކަށް ގެންދާނެ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އަދި އަލްކަރާޒަކީ ދެ ވަނަ ނަޑާލް ކަމަށް ވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

އަންނަ އަހަރަކީ ނަޑާލް، ޕްރޮފެޝަނަލް ޓެނިހުގައި ހޭދަކުރާނެ ފަހު އަހަރު ކަމަށް ބުނެފައިވާއިރު، އަލްކަރާޒް ވިސްނައިގެން ހުރީ އޮލިމްޕިކްސްގައި ނަޑާލާ އެކު ޑަބަލްސް އިވެންޓްގައި ބައިވެރިވުމަށެވެ.

"އެއީ ހުވަފެނެއް، ހަމައެކަނި ސިންގަލްސް ނޫނީ ޑަބަލްސް އިން މެޑަލް ހޯދާކަށް ނޫން. އައިޑަލްއާ އެކު ޑަބަލްސް ކުޅުމުގެ އެ އުފާވެރިކަން ވާނީ ވެސް އާދަޔާ ހިލާފު ތަޖުރިބާ އަކަށް،" އަލްކަރާޒް ބުންޏެވެ.

ދާދި ފަހުން ނިމިގެންދިޔަ ވިމްބަލްޑަންގެ ކާމިޔާބީއާ އެކު، އަލްކަރާޒް ދެން އަމާޒުހިފާފައިވަނީ ސެޕްޓެމްބަރު މަހު ކުޅޭ ޔޫއެސް އޯޕަން ކާމިޔާބު ކުރާށެވެ. މިދިޔަ އަހަރު ކެސްޕާ ރޫޑް ބަލިކޮށް، އަލްކަރާޒް ވަނީ ޔޫއެސް އޯޕަން ތަށި އުފުލާލައިފަ އެވެ. މިއީ، އަލްކަރާޒްގެ ކެރިއަރުގައި ލިބުނު ފުރަތަމަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެވެ. ދެ ވަނަ ގްރޭންޑް ސްލޭމް ތަށްޓަކީ މި ފަހަރުގެ، ވިމްބަލްޑަން އެވެ.