Advertisement

އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

7 ޖުލައި 2023 - 19:52 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް


އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

7 ޖުލައި 2023 - 19:52 0

އޭޝިއަން ސާފިން ޗެމްޕިއަންޝިޕް މޯލްޑިވްސް 2023 ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

މާދަމާއިން ފެށިގެން މި ހިނގާ ޖުލައި 17، ގެ ނިޔަލަށް ކ. ތުލުސްދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ އިވެންޓުގައި ބައިނަލްއަގްވާމީ އަދި ދިވެހި އެތުލީޓުން ވެސް ބައިވެރިވާނެ އެވެ.

އެގޮތުން މި އިވެންޓުގައި 15 އަށް ވުރެ ގިނަ ގައުމަކުން ރާޅާއެޅުންތެރިން ބައިވެރިވާއިރު، ދިވެހިރާއްޖޭގެ ހަ އެތުލީޓުން ހުރިހާ ކެޓެގަރީއެއްގައި ވެސް ވާދަކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ މުބާރާތާއި ގުޅޭގޮތުން ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ, އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ ޑިޖިޓަލް ޕާޓްނަރުގެ ގޮތުގައި މި މުބާރާތް ދިވެހިރާއްޖޭގައި ބޭއްވުމަށް މަގުފަހިކޮށްދިނުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އެ ކުންފުނިން މި މުބާރާތަށްޓަކައި ގިނަ ތައްޔާރީތަކެއް ވަމުން އަންނަކަން މިރްޝާން ފާހަގަ ކުރެއްވި އެވެ.

"ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިއްބެވި ފަރާތްތަކަށް މި އިވެންޓް ގެނެސްދިނުމަށްޓަކައި އަޅުގަނޑުމެން ވާނީ ދިރާގުގެ ހައި ސްޕީޑް ޑިޖިޓަލް ކަނެކްޓިވިޓީ މެދުވެރިކޮށް އެފަރާތްތަކަށް ފުރިހަމައަށް ޓޯންމެންޓް ބަލާލުމުގެ ފުރުސަތު ފަހިކޮށްދީފަ،" މިރްޝާން ވިދާޅުވި އެވެ.

މޯލްޑިވްސް ސާފިން އެސޯސިއޭޝަންގެ ޗެއާމަން މުހައްމަދު ސޮބާހް ވިދާޅުވީ، އޭޝިއަން ސާފިން ޗެމްޕިއަންޝިޕް އެންމެ ފުރިހަމަގޮތުގައި ކުރިއަށް ގެންދިޔުމަށް ދިރާގުން ވެދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް ޝުކުރުދަންނަވާ ކަމަށެވެ.

"ކޮވިޑް-19ގެ ސަބަބުން އައި މެދުކެނޑުމަކަށް ފަހު މި އިވެންޓްގެ ސަބަބުން އަނެއްކާވެސް ދިވެހި ރާޅާއެޅުންތެރިންނަށް ބައިނަލްއަގްވާމީ މައިދާނުގައި ވިދާލުމުގެ ފުރުސަތު ލިބިގެންދާނެ. އަދި މިއީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި އަޅުގަނޑުމެންގެ ދުނިޔޭގެ ފެންވަރުގެ ސާފް ބްރޭކްތައްވެސް ދައްކާލުމަށް ލިބޭ ރަނުގެ ފުރުސަތެއް. އެހެންކަމުން މިކަން މަގުފަހިކޮށްދިނުމަށް ދިރާގުން ދެމުންގެންދަވާ އެއްބާރުލުމަށް ޝުކުރު ދަންނަވަން،" ސޮބާހް ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ކުޅިވަރުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށާއި އަދި އެ ދާއިރާގައި ޝާމިލްވާ ފަރާތްތަކަށް އިތުރު ފުރުސާތުތައް ފަހިކޮށްދޭ މިފަދަ އިވެންޓްތަކަށް ދިރާގުން އަބަދުވެސް އަންނަނީ އެއްބާރުލުންދެމުންނެވެ.