Advertisement

ހުލާސާކޮށް އިއްޔެ: އެޖެންޑާއާ މެދު ކައުންސިލަރުން ތަކެއް ނުރުހި، މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގެ ކޯރަމް ގެއްލުވާލުން

7 ޖުލައި 2023 - 05:59 0

ސިޓީ ކައުންސިލްގެ ބައްދަލުވުމެއް.


ހުލާސާކޮށް އިއްޔެ: އެޖެންޑާއާ މެދު ކައުންސިލަރުން ތަކެއް ނުރުހި، މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގެ ކޯރަމް ގެއްލުވާލުން

7 ޖުލައި 2023 - 05:59 0

މާލޭ ސިޓީ ކައުންސިލުން އިއްުޔެ ހެނދުނު ފެށި ޖަލްސާގެ އެޖެންޑާއާ މެދު ކައުންސިލަރުންތަކެއް ރުހިވަޑައިނުގެން 'ވޯކްއައުޓް' ކުރެއްވުމުން ކޯރަމް ގެއްލިގެން އެ ބައްދަލުވުން ހުއްޓައިލަން ޖެހުނެވެ.

ޖަލްސާ ދޫކުރައްވައި އެންމެ ފުރަތަމަ ނުކުމެވަޑައިގެންނެވީ ހެންވޭރު ހުޅަނގު ދާއިރާގެ ޕީޕީއެމް ކައުންސިލަރު އަހުމަދު އައިފާނާއި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝެވެ. ޖަލްސާ ދޫކުރައްްވައި ނުކުމެވަޑައިގެންނެވުމުގެ ކުރިން އެ ކައުންސިލަރުން ވިދާޅުވީ "ހުށަހަަޅާ އެއްޗިހި އެޖެންޑާކޮށްދެއްވަން ވާނެ" ކަމަށެވެ.

"ތާއީދެއް ނޫން ތިޔަހެން ހައްދަވާކަށް. އަޅުގަނޑުމެން ހުށަހަޅާ އެއްޗިހި މިތާ އެޖެންޑާކޮށްދެއްވަން ވާނެ،" މިއަދުގެ ޖަލްސާގެ އެޖެންޑާއަށް، މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވޯޓަށް އެއްސެވުމާ އެކު ޖަލްސާ ދޫކުރައްވައި ނުކުމެވަޑައިގެންނެވި ކައުންސިލަރުން އެއް އަޑަކުން ވިދާޅުވި އެވެ.

މުއިއްޒު "އަދަދު" އަށް ވިދާޅުވި ގޮތުގައި ބައެއް ކައުންސިލަރުން ހިތްހަމަނުޖެހުން ފާޅުކުރެއްވީ އެ ބޭފުޅުން ހުށަހެޅި ކަންތައްތަކެއް އެެެޖެންޑާ ނުކުރެވުމުން ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަ އެޖެންޑާ ނުކުރެއްވީ އޭނާ ވިދާޅުވި ގޮތުގައި ހުށަހެޅިލެއް ލަސްވުމުންނެވެ.

"ގާނޫނުގައި ބުނެފައި އޮތީ 72 ގަޑިއިރު ކުރިން ފޮނުވަން ޖެހޭނެ ވާހަކަ، މުއްދަތަށް ވުރެ ފަހުން ފޮނުވީމާ އަޅުގަނޑު ދެންނެވިން އަންނަ ހަފްތާއަށް އެޖެންޑާ ކޮށްދޭނަމޭ. ދެން އެކަމުގައި ކުޑަ ހިޔާލުތަފާތުވުމެއް އެއައީ އަސްލުގައި،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި އިއްޔެގެ ބައްދަލުވުމުން ނުކުމެވަޑައިގެންނެވި ކައުންސިލަރުންގެ ތެރޭގައި ޕީޕީއެމް، އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ ކައުންސިލަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އިއްޔެ އަށް އެޖެންޑާ ނުކުރި މައްސަލަ އެެޖެންޑާ ނުކުރެއްވި ސަބަބު ލިއުމުން އަންގަވައި ދެއްވަން ޖަލްސާ ދޫކުރައްވައި ވަޑައިގެންނެވުމުގެ ކުރިން އެ ކައުންސިލަރުން އެދިވަޑައިގެންނެވި އެވެ. މުއިއްޒު ވިދާޅުވީ އެޖެންޑާގައި ނުހިމެނޭ ކަމެއް އޮވެއްޖެއްޔާ ލިއުމުން ޖަވާބު ދެއްވާނެ ކަމަށެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނު އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު، ޖަލުގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވާދަ ކުރައްވަން ފެނިވަޑައި ނުގަންނަވާ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކައަށް ޕީޕީއެމް/ ޕީއެންސީން ވަނީ ރައްދު ދެއްވައިފަ އެވެ. އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް އިންތިހާބަށް "ޗޮއިސްއަކީ" ޔާމީނެވެ.

އަޅުގަނޑުމެންނާ ބައިވެރިވާން ބޭނުންވާ ކޮންމެ ބަޔަކާއެކީ ބައިވެރިވެގެން މަސައްކަތް ކުރާނަން ވެރިކަން ބަދަލު ކުރުމަށް ޓަކައި،"