Advertisement

ވެލިދޫއަށް ދަތުރު ކުރި ލޯންޗަކަށް ރާޅެއް އަރައި އަޑިއަށް ގޮސްފި

25 ޖޫން 2023 - 18:18 0

ލޯންޗު އަޑިއަށް ގޮސްފައި: އެ ހާދިސާގައި އެއްވެސް މީހަކަށް ހާނިއްކައެއް ނުވޭ -- ފޮޓޯ: އެމްއެންޑީއެފް


ވެލިދޫއަށް ދަތުރު ކުރި ލޯންޗަކަށް ރާޅެއް އަރައި އަޑިއަށް ގޮސްފި

25 ޖޫން 2023 - 18:18 0

ވެރި ރަށް މާލެއިން ފުރައިގެން ނ. ވެލިދޫއަށް ދަތުރު ކުރަމުންދިޔަ ލޯންޗަކަށް ރާޅެއް އަރައި އަޑިއަށްގޮސްފި އެވެ.

އެ ލޯންޗުން 30 އަށް ވުރެ ގިނަ މީހުން ދަތުރު ކުރި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ލޯންޗު އަޑިއަށް ދިޔައީ ދިޔަވެގެން ރަންދެލި ރިސޯޓުގެ ޖެޓީއާ ކައިރި ކުރި ހިސާބުންނެވެ.

އެމްއެންޑީއެފުން މިއަދު ސޯޝަލް މީޑިއާގައި ލިޔުނު މެސެޖެއްގައި ބުނީ ލޯންޗަށް ރާޅު އަރާފައި ވަނީ ވެސސް ރަންދެނި ރިސޯޓު ކައިރިން ކަމަށެވެ. ރާޅު އަރައި އަޑިއަށް ދިޔައީ "ލީޖަން 7" ކިޔާ ލޯންޗެއް ކަމަށް ސިފައިން ބުނެ އެވެ.

ސިފައިން ދަނީ މިހާރު އއެ ލޯންޗަށް އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ވެސް ބުނެފައިވެ އެވެ.

ރާޅެއް އަރައި ލޯންޗެއް އަޑިއަށްދިޔައިރު މޫސުމާ ބެހޭ އޮފީހުން ވަނީ މުޅި ރާއްޖެއަށް ހުދު ސަމާލެއް ނެރެފަ އެވެ. ހުދު ސަމާލުގެ މާނައަކީ ބޯކޮށް ވާރޭ ވެހުމާއެކު ގުގުރިފައި ކަނޑުގަދަވާނެ ކަމެވެ.