Advertisement

އަސްކަރީ ގޮތުން މިހާރު އެންމެ އިސްވާންޖެހެނީ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުން: ޝަމާލް

21 ޖޫން 2023 - 10:27 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް : ވިދާޅުވީ އަސްކަރީ ގޮތުން މިހާރު އެންމެ ބޮޑު އިސްކަމެއް ދޭން ޖެހެނީ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުމަށް ކަމަށް - ފޮޓޯ: އެމްއެންޑީއެފް


އަސްކަރީ ގޮތުން މިހާރު އެންމެ އިސްވާންޖެހެނީ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރުން: ޝަމާލް

21 ޖޫން 2023 - 10:27 0

ރާއްޖޭގެ އަސްކަރިއްޔާއިން މިވަގުތަށް އެންމެ ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަކީ ކަނޑުގެ ސަރަހައްދު ހިމާޔަތް ކުރަން ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ރޭ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 131 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަމާލް ވިދާޅުވީ، ދުނިޔޭގެ ސަލާމަތީ މަސްރަހަށް ތަފާތު ގޮންޖެހުންތައް ކުރިމަތިވެފައި ކަމަށާއި ސަލާމަތީ ހިދުމަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދާ ކަމަށެވެ.

"ގައުމުތަކުން ސަލާމަތި ނަޒަރިއްޔާތު ގެންގުޅެމުން އައި ގޮތާއި އިސްތިރާޖީތަކަށް ބަދަލުތައް ގެންނަމުންދާއިރު އެކަމުގެ އަސަރުތައް މުޅި ދުނިޔެއަށް ކުރަމުންދާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫން، މިފަދަ ބޮޑެތި ބަދަލުތައް އަންނަމުންދާ ދުވަސްވަރެއްގައި ގައުމުގެ ސަލާމަތާ މެދު ސަމާލުވާންޖެހޭ މިންވަރު އިހުނަށްވުރެ ބޮޑުވާނެކަން ގަބޫލުކަން ޖެހޭ،" ޝަމާލް ވިދާޅުވި އެވެ.

ޝަމާލް އިތުރަށް ވިދާޅުވީ ބަދަލުވަމުންދާ ސަލާމަތީ މަޝްރަހުގައި ގައުމަށް ދިމާވާ މައިގަނޑު ނުރައްކާތަކަށް ބަލާ ނަމަ، އެންމެ ބޮޑަށް ފާހަގަކުރެވެނީ ކަނޑުމަގުން ދިމާވާ ނުރައްކާތައް ކަމަށެވެ. އެގޮތުން، ކަނޑު ފޭރުމާއި ކަނޑުގެ ސަރަހައްދު ބޭނުންކޮށްގެން ކުރެވޭ އިންސާނީ ވަގުފާރި އާއި ޑްރަގް ޓްރެފިކިން އާއި ކްރޮސް ބޯޑާ ޓެރަރިޒަމާއި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުން ފަދަ މައްސަލަތައް ޝަމާލް ފާހަގަކުރެއްވި އެވެ.

"މިފަދަ ކަންކަން ހުއްޓުވޭނީ މިކަންކަމަށް ހުށިޔާރުވެ ފާރަވެރިވެގެން، މިއަދު ދިވެހި ސިފައިން މިތިބީ މިކަންކަމާ ކުރިމަތިލާން ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ،

ރޭގެ ހަފުލާއަށް ހާޒިރުވި ބޭރުގެ ގައުމުތަކުގެ އިސް އޮފިޝަލުންނާ އިނގިރޭސި ބަހުން މުހާތަބުކުރައްވަމުން ވެސް ޝަމާލް ވަނީ ކަނޑުމަތީގެ ސަލާމަތުގެ މުހިންމުކަމާ ބެހޭގޮތުން ވާހަކަދައްކަވާފަ އެވެ. އެގޮތުން އެ ގައުމުތަކުގެ އެހީތެރިކަމާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް ވަރުގަދަ ކުރުމަކީ މިހާރު އެންމެ އިސްކަމެއް ދޭން ޖެހޭ ސަލާމަތީ 'އެސްޕެކްޓް' ކަމުގައި ވިދާޅުވި އެވެ.