Advertisement

މަސްވެރިކަމާއި އަމިއްލަ ވިޔަފާރިތައް ކުރިއަރުވަން ވޯލްޑު ބޭންކުން އެއް ބިލިއަން ރުފިޔާގެ އެހީ

19 ޖޫން 2023 - 09:01 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ވޯލްޑު ބޭންކުގެ ހިލޭ އެހީ އެއްބަސްްވުމުގާ ސޮއިކުރުމަށްް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިންްް -- ފޮޓޯ: ފިނޭންސް މިނިސްޓްރީ


މަސްވެރިކަމާއި އަމިއްލަ ވިޔަފާރިތައް ކުރިއަރުވަން ވޯލްޑު ބޭންކުން އެއް ބިލިއަން ރުފިޔާގެ އެހީ

19 ޖޫން 2023 - 09:01 0

ކުދި އަދި މެދުފަންތީގެ ވިޔަފާރިތައްް ކުރިއެރުވުމާއި ރާއްޖޭގެ މަސްްވެރިކަމުގެ ސިނާއަތުގައި ވާދަވެރިކަން އިތުރުކުރުމަށް ވޯލްޑު ބޭންކުން 68.7 މިލިއަން ޑޮލަރު (ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ) ގެ ހިލޭ އެހީ ދީފި އެވެ.

ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއިކޮށްްފައި ވަނީ ފިނޭންސް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ އެއްބަސްްވުމުގައި ރާއްޖޭގެ ފަރާތުންް ސޮއިކުރެއްްވީ ފިނޭންްސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. އަދި, ވޯލްޑު ބޭންްކުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދާދު-ޒެރްވޯސް އެވެ.

މި އެއްްބަސްވުމަކީ ދިވެހި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމަށް ކޮންމެހެން ބޭނުންވާ އިސްލާހުތައް ގެނެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގައި ވާދަވެރިކަން އިތުރުކުރުމަށް ވެވުނު އެއްބަސްވުމެކެވެ.

"މި ދެ މަޝްރޫއުގެ ސަބަބުން، ވިޔަފާރިތަކަށް އިތުރު ފުރުސަތުތައް ތަނަވަސްވެ، އަޅުގަނޑުމެންގެ ކާމިޔާބު މަސްވެރިކަމުގެ ސިނާއަތް ހަރުދަނާވެ، ދިގު މުއްދަތަކަށް މާލީ އަދި އިގްތިސާދީ ހަމަޖެހުން ކަށަވަރުކުރެވޭނެ މުހިންމު އިސްލާހުތަކެއް ގެނައުމަށް މަގުފަހިވެގެންދާނެ," ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވި އެވެ.

ވޯލްްޑު ބޭންކުގެ ޓްރާންސްފޯމިން ފިޝަރީޒް ސެކްޓާ މެނޭޖްމަންޓް އިން ސައުތު-ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓް (ޓްރާންސްފޯމް)ގެ ދަށުން ރާއްޖެއަށް 52.8 މިލިއަން ޑޮލަރު ކަނޑައަޅާފައިވާއިރު، މި މަޝްރޫއުގެ އަމާޒަކީ މުޅި ދެކުނު ހުޅަނގު އިންޑިއާ ކަނޑުގެ ސަރަހައްދުގެ މަސްވެރިކަން ބެލެހެއްޓުން ހަރުދަނާކުރުމެވެ.

މޯލްޑިވްސް ކޮމްޕެޓިޓިވްނެސް އެންޑް ގްރޯތު ޕްރޮޖެކްޓް (އެމްސީޖީޕީ) އަށް 15 މިލިއަންް ޑޮލަރު ކަނޑައަޅާފައި ވެއެވެ. މި މަޝްރުއޫގެ އަމާޒަކީ ރާއްޖޭގެ އިގްތިސާދުގައި އަމިއްލަ ފަރާތްތަކުގެ ދައުރު ފުޅާކޮށް، ހޮވާލެވޭ ސަރުކާރު ހިއްސާވާ ކުންފުނިތަކެއްގެ ހިންގުން ހަރުދަނާކުރުމެވެ.

މުސްތަގުބަލުގައި ރާއްޖޭގެ އަމާޒަކީ، މިހާރަށް ވުރެ ބޮޑަށް އިގްތިސާދު ސިންދަފާތުކޮށް، ދާއިރާތަކުގެ ތެރޭގައި ބަދަލުތައް ގެނެސް، މޫސުމަށް އަންނަ ބަދަލުތަކުގެ ގޮންޖެހުންތަކާއި މާލީ ލޮޅުންތަކަށް ތައްޔާރުވެފައިވާ އިގްތިސާދެއް ބިނާކޮށްގެން މި ކުރިއެރުން އެހެން ހަރުފަތަކަށް ގެންދިއުން. މި ޕްރޮޖެކްޓްތަކުގެ ސަބަބުން އެ އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ," ވޯލްޑް ބޭންކުގެ ކަންޓްރީ ޑިރެކްޓަރު ފާރިސް ވިދާޅުވި އެވެ.

ޓްރާންސްފޯމް މަޝްރޫއު ކުރިއަށް ގެންދާނީ ސަރަހައްދީ ފެންވަރުގައި މަސައްކަތްކުރާ އިންޑިއަން އޯޝަން ކޮމިޝަނާއި ރާއްޖޭގެ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗާއިންނެވެ. އެމްސީޖީޕީ މަޝްރޫއު ކުރިއަށް ގެންދާނީ މިނިސްޓްރީ އޮފް ފައިނޭންސް އިންނެވެ.