Advertisement

ނޫސްވެރިޔެއްގެ މަރުގެ ފަހަތުގައި ހުރިކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ސިޔާސީ މީހަކު ހައްޔަރުކޮށްފި

ގޯލަމް ރައްބާނީ ނަދީމް. -- ފޮޓޯ: ފޭސްބުކް


ނޫސްވެރިޔެއްގެ މަރުގެ ފަހަތުގައި ހުރިކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ސިޔާސީ މީހަކު ހައްޔަރުކޮށްފި

ދާކާ، ބަންގްލަދޭޝް (ޖޫން 17) - ބަންގްލަދޭޝްގެ ނޫސްވެރިޔެއްގެ މަރުގެ ފަހަތުގައި ހުރިކަމުގެ ތުހުމަތުގައި އެ ގައުމުގެ ސިޔާސީ މީހަކު ހައްޔަރުކޮށްފި އެވެ.

ހޮނިހިރު ދުވަހު މަހްމޫދުލް އާލަމް ބާބޫ ހައްޔަރު ކުރީ އިންޑިއާ ބޯޑަރު ކައިރިންނެވެ. އޭނާ ފެނުނީ ރެޕިޑް އެކްޝަން ބެޓޭލިއަން (އާރްއޭބީ) ފައުޖުން ހިންގި އޮޕަރޭޝަނެއްގަ އެވެ.

އުމުރުން 50 އަހަރުގެ ބާބޫއަށް ތުހުމަތު ކުރެވެނީ މިދިޔަ ބުދަ ދުވަހު ގޯލަމް ރައްބާނީ ނަދީމްގެ މަރު ރޭވި ކަމަށެވެ. އޭނާ މަރުވީ ޖަމަލްޕޫރް ޑިސްޓްރިކްޓުގައި ދިރިއުޅޭ ގެ ކައިރިން ގޭންގަކުން ދިން ހަމަލާތަކުގައި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށެވެ.

ފުލުހުން ބުނީ ބާބޫގެ ކައިވެނި ރޫޅި ދަރިފުޅުގެ ބެލެނިވެރިކަން ހޯދަން އުޅުމުގެ ތެރޭގައި އުފެދިފައިވާ ކޯޅުމެއްގެ ވާހަކައާ ގުޅޭ ގިނަ ހަބަރުތަކެއް ނަދީމް ލިޔުނު ކަމަށެވެ.

ނަދީމަށް ހަމަލާ ދިން ވަގުތު އެ ތަނުގައި ބާބޫ ހުރި ކަމަށް އެހެން ނޫސްވެރިއަކު ވަނީ ބުނެފަ އެވެ. ބާބޫއަކީ ބޮޑު ވަޒީރު ޝެއިހް ހަސީނާގެ އަވާމީ ލީގްގެ ސަރަހައްދީ ގޮތްޕެއްގެ ޖެނެރަލް ސެކެޓްރީ އެވެ.

ނަދީމްގެ މަރުގެ ތުހުމަތު ބާބޫގެ މައްޗަށް ކުރެވުމާ އެކު ޕާޓީއިން ވަނީ ވަގުތުން އޭނާ ވަކިކޮށްފަ އެވެ. އެ މައްސަލައިގައި އިތުރު ތިން މީހުން ހައްޔަރުކޮށްފައިވެ އެވެ.