Advertisement

ފައިސާ ނެތިގެން ބަންގްލަދޭޝްގެ އެންމެ ބޮޑު އިންޖީނުގެ ބަންދުކޮށްފި

ޕައިރާ ޕަވާ ޕްލާންޓް.


ފައިސާ ނެތިގެން ބަންގްލަދޭޝްގެ އެންމެ ބޮޑު އިންޖީނުގެ ބަންދުކޮށްފި

ދާކާ، ބަންގްލަދޭޝް (ޖޫން 5) - ކަރަންޓު އުފައްދަން ބޭނުންވާ ކޯލް ނުވަތަ ބޯޓުދެލި ގަންނާނެ ފައިސާ ނެތުމުން ބަންގްލަދޭޝްގެ އެންމެ ބޮޑު އިންޖީނުގެ ބަންދުކޮށްފި އެވެ.

ބަންގްލަދޭޝްގެ ދެކުނުގައި ހުންނަ 1،320 މެގަވޮޓްގެ ޕައިރާ ޕަވާ ޕްލާންޓް ހިންގަނީ ސަރުކާރުންނެވެ. މިދިޔަ މަހު އެ ތަނުން ކަރަންޓު އުފެއްދުން މަދުކުރި އެވެ.

މެނޭޖަރު ޝާހް އަބްދުލް މައުލާ އޭއެފްޕީއަށް ވިދާޅުވީ ބަންދުކުރަން މަޖުބޫރުވީ ކޯލް ނުލިބިގެން ކަމަށެވެ. ޝިޕްމަންޓް ލިބުމާ އެކު ކުރިއަށް އޮތް ތިން ހަފުތާ ތެރޭގައި އަލުން ޕްލާންޓް ހުޅުވޭނެކަަމުގެ އުއްމީދު އެބަ އޮތް ކަމަށް އޭނާ ބުންޏެވެ.

ބަންގްލަދޭޝް ފައިސާގެ އަގު ވެއްޓި، ބޭރު ފައިސާގެ ރިޒާވް ވަނީ ދަށްވެފަ އެވެ. މިދިޔަ އަހަރު ޖެނުއަރީގައި ބޭރު ފައިސާގެ ރިޒާވްގައި 46 ބިލިއަން ޑޮލަރު ހުރި އިރު، މި އަހަރު އެޕްރިލް މަހާ ހަމައަށް ދިޔަ އިރު ހުރީ 30 ބިލިއަން ޑޮލަރެވެ.

އިންފްލޭޝަން ރޭޓް އުޅެނީ 9.9 ޕަސެންޓުގަ އެވެ. ކޮންމެ ދުވަހަކު ފަސް ގަޑިއިރު ވަންދެން ކަރަންޓު ކަނޑާތާ ހަފުތާތަކެއް ވެއްޖެ އެވެ. ކަރަންޓުގެ ދަތިކަން އޮތް އިރު، އާދަޔާ ހިލާފަށް ހޫނުވެ، ހޯމަ ދުވަހު 41.1 ޑިގްރީ ސެލްސިއަސްއަށް މަތިވި އެވެ.