5 ޖޫން 2023 - 19:03 0
މުހައްމަދު ނަސީމް
މަސައްކަތްތެރިންގެ ބަޔަކު ޕިކަޕަކަށް މުދާ އަރުވަނީ. ރާއްޖޭގައި ޕެންޝަނަށް ފައިސާ ނުދައްކާ ކުންފުނިތައް ގިނަ
5 ޖޫން 2023 - 19:03 0
ޕެންޝަން ގާނޫނުގައިވާ ގޮތަށް، މުވައްޒަފުންގެ ޕެންޝަނަށް ވަޒީފާ ދޭ ފަރާތްތަކުން ދައްކަން ޖެހޭ ފައިސާ ގަވައިދުން ޕެންޝަން އޮފީހަށް ނުދައްކާ 1،000 އަށް ވުރެ ގިނަ އެމްޕްލޯޔަރުން ތިބި އިރު އޭގެ ތެރޭގައި ދައުލަތުގެ ބައެއް އިދާރާތައް ހިމެނިއްޖެ އެވެ.
ޕެންޝަން އޮފީހުން މިދިޔަ މަހުގެ 25 ވަނަ ދުވަހު އަޕްޑޭޓްކުރި ލިސްޓްގައި 1،050 އެމްޕްލޯޔަރެއްގެ ނަން އޮތް އިރު އޭގެ ތެރެއިން 162 ފަރާތަކާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅަން އެ އޮފީހުން ވަނީ މަސައްކަތް ފަށައިފަ އެވެ. އަދި 227 ފަރާތަކަށް ފައިނަލް ނޯޓިސް ދީފައިވާ ކަން ވެސް އެ ލިސްޓުން އެނގެ އެވެ.
ޕެންޝަނަށް ފައިސާ ނުދައްކާތީ ނަން ހާމަކުރި އެމްޕްލޯޔަރުންގެ ތެރޭގައި ހިމެނޭ ދައުލަތުގެ ދެ އިދާރާ އަކީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލެވެ. އެފްއޭއެމް ވެސް އެ ލިސްޓް ގައި ހިމެނެ އެވެ.
https://www.pension.gov.mv/en/non-compliance
ޕެންޝަން އޮފީހުން އާއްމުކުރި މައުލޫމާތުގައިވާ ގޮތުން ޕެންޝަނަށް ފައިސާ ނުދައްކާ އެމްޕްލޯޔަރުންގެ ތެރެއިން 323 ފަރާތަކުން ނުދައްކައި އޮތީ 50،000.ރ އިން ފެށިގެން ދަށުގެ އަދަދު ތަކެއްގެ ފައިސާ އެވެ. އަދި 50،000 އާއި 100،000 އާ ދެމެދުގެ އަދަދެއްގެ ފައިސާ ނުދައްކައި 24 ފަރާތަކާއި 100،000 އާއި 500،000 އާ ދެމެދުގެ އަދެއްގެ ފައިސާ ނުދައްކައި 43 ފަރާތެއް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ. ފަސްލައްކައާއި އެއް މިލިޔަނާ ދެމެދުގެ އަދަދެއްގެ ފައިސާ ނުދައްކައި އޮތް ހަތް ފަރާތަކާއި މިލިޔަނަކަށް ވުރެ ގިނަ ރުފިޔާ ނުދައްކައި އޮތް ފަސް ފަރާތެއްގެ ނަން ވެސް އެ ލިސްޓްގައި އެބަ އޮތެވެ.
ފައިސާ ނުދައްކާތީ ނަން ހާމަކުރި ފަރާތްތަކުގެ ތެރޭގައި ރާއްޖޭގެ ވަރަށް މަޝްހޫރު ބޮޑެތި ކުންފުނިތައް ވެސް ހިމެނެ އެވެ. އެ ލިސްޓްގައި ހިމަނާފައި އޮތީ ޕެންޝަނަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ ފައިސާ ނުދައްކައި އޮތް 50 ފަރާތެއްގެ ނަމެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment