Advertisement

ޗެނަލް 13 އަށް އިންޒާރު ދިނުމުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

29 މޭ 2023 - 10:02 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ. ބްރޯޑްކޮމް ކުށްވެރިކުރައްވައި އޭނާ މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވި. ފޮޓޯ: މަޖިލީހުގެ އިދާރާ


ޗެނަލް 13 އަށް އިންޒާރު ދިނުމުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

29 މޭ 2023 - 10:02 0

ޗެނަލް 13 އިން ލަވަޔާއި މިއުޒިކް ބޭނުންކޮށްގެން ފާޅުކުރަމުން އައި "ޚިޔާލެއް" ފާޅުނުކުރަން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އިންޒާރުދިނުން ކުށްވެރިކޮށް، ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ޝިޔާމް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވިދާޅުވީ ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކޮށްގެން، ސަމާސާ އަދަބުގެ ތެރެއިން ލަވައާއި މިއުޒިކު ބޭނުންކޮށްގެން، ޚިޔާލެއް ފާޅުކުރުމުން ޗެނަލް-13 އަށް އިންޒާރުދީ ބްރޯޑްކާސްޓިން ކޮމިޝަނުން ހިންގި އަމަލަކީ ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

"...[އެއީ]ބްރޯޑްކާސްޓުކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ (ނ) އިންތިހާއަށް ފުޅާކޮށް މާނަކޮށްގެން، މި ޢިއްޒަތްތެރި މަޖިލީހުން އިސްވެ ދެންނެވި ދެ ޙައްޤު ހިފަހައްޓާފައިވާ މިންވަރަށްވުރެ ބޮޑަށް އެ ހިފަހެއްޓުން ފުޅާކޮށްގެން ހިންގި އަމަލެއްކަން ފާހަގަ[ކުރަމެވެ]،" ކުއްލި މައްސަލާގައި ޝިޔާމް ވިދާޅުވި އެވެ.

ބްރޯޑްކޮމް އިން ޗެނަލް 13 އަށް އެޅި ފިޔަވަޅަކީ ސަރުކާރުން ޕްރެޝާކޮށްގެން އެޅި ފިޔަވަަޅެއް ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ. އެއީ ގާނޫނުއަސާސީއާއި، އަސާސީ ޙައްގުތަކާއި، ޑިމޮކްރެޓިކް އަގުކުރުންތަކާއި، ވެރިކަން ހިންގުމުގެ ރަނގަޅު އުސޫލުތައްކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަނެފައިވާ މިންގަނޑުތަކާއި، 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ސަރުކާރު އެމައްޗަށް ބިނާކުރާނެކަމަށް ބުނި އުސޫލުތަކާއި އަސާސްތަކާ ހިލާފަށް އެޅި ފިޔަވަޅެއް ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ

"...އެ އަމަލު ކުށްވެރިކޮށް، މުސްތަގިއްލުކަމާއެކު ވަކި ބައެއްގެ ނުފޫޒަށް ތަބާނުވެ މަސައްކަތްކުރުމަށް ބްރޯޑްކާސްޓިން ކޮމިޝަނަށް ގޮވައިލުމާއެކު، ސަރުކާރަށް ފާޑުކިޔާ މީޑިއާތަކަށް ބިރުދެއްކުމާއި އިންޒާރުދިނުން ހުއްޓައިލުމަށް ސަރުކާރަށާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ގޮވައިލާ މި ކުއްލި މައްސަލަ ހުށަހެޅީމެވެ،" ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޝިޔާމް ވިދާޅުވި އެވެ.