Advertisement

އަލްހާންގެ ކުންފުންޏަށް އިންވެސްޓްކޮށްގެން ލަނޑު ލިބުނު މީހަކަށް ބަދަލު ދޭން ހުކުމްކޮށްފި

17 މޭ 2023 - 10:56 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިން ވިޔަފާރި ކުރަމުން ދިޔަ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ -- އަދަދު ފޮޓޯ


އަލްހާންގެ ކުންފުންޏަށް އިންވެސްޓްކޮށްގެން ލަނޑު ލިބުނު މީހަކަށް ބަދަލު ދޭން ހުކުމްކޮށްފި

17 މޭ 2023 - 10:56 0

ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އިންޓަނެޓުގައި ޓްރޭޑު ކުރަމުން ދިޔަ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީގެ ކުންފުނި ކިންގްސް ކެޕިޓަލްއަށް އިންވެސްޓް ކުރި މީހަކަށް ލަނޑު ލިބުމުން އޭނާއަށް ބަދަލު ދޭން ކޯޓުން ހުކުމްކޮށްފި އެވެ.

ކިންސްގް ކެޕިޓަލްއާ ދެކޮޅަށް އިސްމާއިލް އަނީސް ކިޔާ މީހަކު ދައުވާ ކުރީ، އޮންލައިން ކޮޕީ ޓްރޭޑަރަކަށް ވުމަށް ހެދި އެއްބަސްވުމުގެ ދަށުން އޭނާ ކިންސްގްސް ކެޕިޓަލްއަށް އިންވެސްޓު ކުރި ފައިސާއިން ފައިދާ ނުލިބޭތީ އެ ފައިސާ އަނބުރާ ނަގައިދިނުމަށް އެދި އެވެ. އޭނާއަށް ދޭން އެންގީ 90،000ރ. އެވެ.

އޭނާ ހެކީގެ ގޮތުގައި ކޯޓަށް ހުށަހެޅީ، ކިންގްސްފޮރެކްސްޓީ އޮންލައިން ކޮޕީ ޓްރޭޑަރަށް ވުމުގެ އެއްބަސްވުމާއި، ދެ ފަރާތުގެ ދެމެދުގައި ވާހަކަ ދައްކާފައި ހުރި ޗެޓުލޮގުތަކާއި ފައިސާގެ ޓްރާންސްފާ ސްލިޕެވެ.

އަނީސް ދެއްކި ޗެޓުލޮގުތަކުންނާއި ޓްރާންސްފާ ސްލިޕުތަކުން އެނގޭ ގޮތުގައި، އޭނާ އިންވެސްޓު ކުރި 100،000ރ. އަނބުރާ ދިނުމަށް އެދުމުން އެ ފައިސާގެ ތެރެއިން ކިންގްސް ކެޕިޓަލްއިން އަނބުރާ ދީފައި ވަނީ އެންމެ 10،000ރ. އެވެ. އަދި ބާކީ ފައިސާ 20 ދުވަހުގެ ތެރޭގައި ދޭނެ ކަމަށް ބުނި ނަމަވެސް އެ ފައިސާ ދީފައި ނުވާ ކަމަށް ބުންޏެވެ.

އެ މައްސަލައިގައި ޖަވާބުދާރީވާން ކޯޓުން ތަކުރާރުކޮށް ޗިޓު ފޮނުވުމުން ވެސް ކިންގްސް ކެޕިޓަލްގެ ފަރާތުން ކޯޓަށް ހާޒިރުވެފައި ނުވެ އެވެ.

ސިވިލް ކޯޓުގެ ގާޒީ ރިޒްމީނާ އިދުރީސް އެ މައްސަލައިގައި ކިންގްސް ކެޕިޓަލްގެ ޣައިރުހާޒިރުގައި ހުކުމް ކުރެއްވީ، އެ ފައިސާ އަކީ އަނީސްއަށް ލިބެން ޖެހޭ ފައިސާއެއްކަން ސާބިތުވާ ކަމަށެވެ. އެހެންވެ، އޭނާއަށް ނުލިބިވާ 90،000ރ. އެއް ހަފްތާ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ކިންގްސް ކެޕިޓަލްގެ މައްޗަށް އަމުރު ކުރި އެވެ.

ގިނަ ބައެއްގެ އަތުން ފައިސާ ނަގައިގެން އޮންލައިން ޓްރޭޑިން ވިޔަފާރި ކުރަމުން ދަނިކޮށް އޭގައި އޮޅުވާލުމާއި މަކަރާއި މަނީ ލޯންޑަރިންގެ އަމަލުތަކެއް ހިމެނޭ ކަމަށް ބުނެ ކިންގްސްގެ ހިއްސާދާރުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުލުހުން މީގެ ކުރިން ވަނީ ފަށައިފަ އެވެ.

ރާއްޖޭގެ މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވައިދުތަކާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމުގެ ތުހުމަތު ފުލުހުން އަލްހާންއާއި އޭނާގެ ކުންފުންޏަށް ކުރެ އެވެ.

އެ ތުހުމަތުތައް ދޮގުކޮށް އަލްހާން މީގެ ކުރިން ބުނެފައި ވަނީ އެއީ ސިޔާސީ ބޭނުމެއްގައި އޭނާއަށް ގެއްލުން ދިނުމަށް ކުރި ކަމެއް ކަމަށެވެ.

އެ މައްސަލައިގައި މީގެ ކުރިން ކިންގްސްގެ ބޭންކް އެކައުންޓުތައް ވެސް ބީއެމްއެލްއިން ހިފެހެއްޓި އެވެ. އެކަމަކު، ކިންގްސްއިން އެ މައްސަލައިގައި ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން ނިންމާފައި ވަނީ ކޯޓު އަމުރެއް ނެތި އެކައުންޓުތައް ހިފެހެއްޓީ ގޯސްކޮށް ކަމަށެވެ.