10 މޭ 2023 - 12:09 0
ހޭންޑްބޯލް މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ (ވ) އާއި "އަދަދު" ނޫހުގެ ސްޕޯޓްސް އެޑިޓަރު އައްޒާމް އަލިފުޅު.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
10 މޭ 2023 - 12:09 0
ހޭންޑްބޯލް މޯލްޑިވްސްގެ އޮންލައިން މީޑިއާ ޕާޓްނަރަކަށް "އަދަދު" ހަަމަޖައްސައިފި އެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި މި އަހަރު ހޮވި އެންމެ މޮޅު އޮންލައިން މީޑިއާގެ އެވޯޑް ހާސިލްކުރި "އަދަދު" އަކީ ހޭންޑްބޯލް މޯލްޑިވްސްގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި އިއުލާނުކޮށްފައިވަނީ އިއްޔެ ހަވީރު ބޭއްވި ހޭންޑްބޯލް މޯލްޑިވްސްގެ ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އިއްޔެގެ ރަސްމިއްޔާތަކީ އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ 17 އަހަރާއި 19 އަހަރުން ދަށުގެ ގައުމީ އަންހެން ހޭންޑްބޯޅަ ޓީމާ ޖޯޒީ ހަވާލުކުރުމާއި ހޭންޑްބޯޅައިގެ ގައުމީ ޖޯޒީ ލޯންޗް ކުރަން ބޭއްވި އިވެންޓް އެކެވެ.
ހޭންޑްބޯލް މޯލްޑިވްސް އާއި "އަދަދު"އާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ހޭންްޑްބޯލް މޯލްޑިވްސް އިން ހިންގާ ހުރިހާ ހަރަކާތްތަކެއްގެ އިތުރުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ހޭންޑްބޯޅަ ޓީމުތަކުން ވާދަކުރާއިރު އެކަންކަމާ ގުޅޭ ގޮތުން ފުރިހަމަ ކަވަރޭޖެއް ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ހޭންޑްބޯލް މޯލްޑިވްސްގެ އިތުރުން، ރާއްޖޭގެ ފަސް އެސޯސިއޭޝަަނަކުން މި ވަގުތު ވެސް އަންނަނީ "އަދަދު"އާ އެކު ޕާޓްނަޝިޕެއްގެ ދަށުން މަސައްކަތް ކުރަމުންނެވެ. އެއީ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)، މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)، ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އެވެ.
މީގެ އިތުރުުން، 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރި، "އަދަދު" އަކީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް ދެ މުބާރާތް، ކްލަބް މޯލްޑިވްސް ކަޕް އާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ވެސް ޕާޓްނަރެކެވެ. މީގެ އިތުރުން ވެސް ރާއްޖޭގައި ބޭއްވޭ އެކި މުބާރާތްތަކުގައި "އަދަދު" އިން ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރެ އެވެ.
"އަދަދު" އިން ޕާޓްނަރެއްގެ ގޮތުގައި ބައިވެރިވެގެން ބައިނަލްއަގުވާމީ ގިނަ މުބާރާތަކެއްގައި ވެސް ވަނީ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި، މިދިޔަ އަހަރު ބޭއްވި އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ބޮޑީބޯޑިން ވޯލްޑް ޓުއާގެ އެއް ލެގު ކަމަށްވާ "ވިޒިޓް މޯލްޑިވްސް ޕްރޯ 2022" ގައި "އަދަދު"ގެ ޓީމުން ކުރި މަސައްކަތް ބީބީއޭއެމް އިން ވަނީ ފާހަގަކޮށްފަ އެވެ. މީގެ އިތުރުން، މިދިޔަ އަހަރު ސަން އައިލެންޑްގައި ބޭއްވި އެފްއައިވީބީ ބީޗްވޮލީބޯޅަ ޓުއާ މުބާރާތުގައި ވެސް "އަދަދު" އިން ވަނީ ފާހަގަކޮށްލެވޭ މަސައްކަތެއް ކޮށްފަ އެވެ.
Comment