Advertisement

ޕޮލިސް ސްޓޭޝަނުން ފިލި މީހާ ކައިރި ރަށެއްގެ ފަޅުތެރެއިން އަތުލައިގަނެފި

6 މޭ 2023 - 19:59 0

ނަޖާހު މަސްއޫދު

ނަޖާހު މަސްއޫދު

ރަސްދޫ ޕޮލިސް ސްޓޭޝަނުން ފިލުމުން ފުލުހުން ހޯދަމުން ދިޔަ ހުސެއިން ޝަހުބާން


ޕޮލިސް ސްޓޭޝަނުން ފިލި މީހާ ކައިރި ރަށެއްގެ ފަޅުތެރެއިން އަތުލައިގަނެފި

6 މޭ 2023 - 19:59 0

އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުގައި ބަންދުކޮށްފައި ހުއްޓައި އެތަނުން ފިލި މީހާ, އެ ރަށާ ކައިރި ފަޅުރަށެއްގެ ފަޅުތެރެއިން ފުލުހުން އަތުލައިގަނެފި އެވެ.

ފުލުހުން ބުނީ ޕޮލިސް ސްޓޭޝަނުގެ ގޯތި ތެރޭގައި ހުއްޓާ ފާރުމަތިން ފުންމާލައިގެން ފިލި އއ. ހިމަންދޫ، ދަބުގެ، ހުސައިން ޝަހުބާން، 25، ފެނުނީ ރަސްދޫއާ ކައިރި ފަޅު ރަށެއްގެ ފަޅު ތެރޭގައި އޮއްވާ ކަމަށެވެ.

ފުލުހުންގެ ބުނީ އޭނާ ފެނުނީ މިރޭ 6:35 އެހާއިރު ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ބުނެ އެވެ. އޭނާ ވަނީ އަލުން ފުލުހުންގެ ބަންދަށް ގެންގޮސްފަ އެވެ.

ގުދުރަތީ ގޮތުން އަތޮޅުގެ ބޭރުގައި ވަކި ފަޅެއްގައި އޮންނަ ރަސްދޫ ކައިރީގައި ދެން އޮންނަނީ ކުރަމަތި ރިސޯޓާއި ވެލިގަނޑު އައިލެންޑް ރިސޯޓެވެ.

ޝަހުބާން އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ހިއްސާ ކުރުމަށް މިއަދު ފުލުހުން އާންމުކޮށް އިއުލާނު ވެސް ކުރި އެވެ. އަދި އޭނާ ފެނުމުން ފުލުހުން ވަނީ މައުލޫމާތު ހިއްސާކުރި މީހުންނަށް ޝުކުރުއަދާކޮށްފަ އެވެ.

ޝަހުބާނައަކީ އަކީ މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އޭގެ ވިޔަފާރި ކުރާކަމުގެ ތުހުމަތު ކުރެވޭ މީހެއް ކަމަށް ފުލުހުން ބުންޏެވެ. ފިލި އިރު އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކޯޓުން އޮތީ އަމުރުކޮށްފަ އެވެ.