Advertisement

ރެއާލް މެޑްރިޑާއި އޮސަސޫނާ ކުޅޭ ފައިނަލް މެޗު މީޑިއާނެޓުން ދައްކާނެ

3 މޭ 2023 - 08:23 0


ރެއާލް މެޑްރިޑާއި އޮސަސޫނާ ކުޅޭ ފައިނަލް މެޗު މީޑިއާނެޓުން ދައްކާނެ

3 މޭ 2023 - 08:23 0

ކޮޕަ ޑެލްރޭ މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކުރުމަށް މިދިޔަ މަހުގެ ހަވަނަ ދުވަހު ކުޅުނު ފޯރިގަދަ އެލްކުލެސިކޯ މެޗުގައި ތަފާތު ބޮޑުކޮށް ބާސެލޯނާގެ މައްޗަށް ރެއާލުން ކުރި ހޯދުން ވެގެން ދިޔައީ އެ ޓީމުގެ އެތައް ހާސް ސަޕޯޓަރުންނަށް ލިބުނު މާޔޫސް ކަމަށެވެ.

ފުރަތަމަ ލެގުގައި 1-0 ގެ ނަތީޖާއަކުން ބާސެލޯނާ ކުރި ހޯދާފައި އޮތުމުން ލިބުނު ހިތްހަމަޖެހުމާ އެކު، އެޓީމުގެ ސަޕޯޓަރުން މެޗު ބަލަން ތިއްބައި ދެވަނަ ލެގުގައި ކާލޯ އެންޗެލޯޓީގެ މޮޅު ގޭމް ޕުލޭންގެ ދަށުން ހަތަރު ގޯލު ޖަހައި، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ހަމަ ބިމަށް ތިރިކޮށްލީ އެމީހުންގެ އަމިއްލަ ދަނޑުގަ އެވެ.

އެ ނަތީޖާއާ އެކު ރެއާލް މެޑްރިޑުން މުބާރުގެ ފައިނަލުގައި [ރާއްޖެއަށް] އަންނަ ހޮނިހިރު ދުވަހުގެރޭ ބައްދަލުކުރަން ޖެހޭނީ އޮސަސޫނާއާ ދެކޮޅަށެވެ. އޮސަސޫނާއަށް އަދި އަލަށްވެސް މި މުބާރާތް ކާމިޔާބު ކުރެވިފައެއް ނުވެ އެވެ. އެ ޓީމަށް ތައްޓަކާ އެންމެ ގާތަަށްވެސް ޖެހިލެވިފައިވަނީ 05-2004 ސީޒަނުގަ އެވެ. އެއީ އެ ފަހަރުގެ ކޮޕަ ޑެލްރޭ ގެ ފައިނަލްގައި ކުޅުމެވެ.

އޮންވިހިސަތޭކަ ތިންވަނަ އަހަރުން ފެށިގެން ސްޕެއިންގެ ގައުމީ ވާދައިގެ ތައްޓަށް ކުޅޭ ކޮޕަ ޑެލްރޭ މުބާރާތުގެ މި އަހަރުގެ ޗެމްޕިއަން ޓީމު ކަށަވަރުކުރުމަށް ކުޅޭ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ 1:00 ގަ އެވެ. އެއީ ރާއްޖެއަށް ހޮނިހިރު ދުވަހުގެ ރެއެވެ.

އެ ފޯރިގަދަ މެޗު މީޑިއާނެޓުގެ ޗެނަލް 888، އައިސް ޕުލަސްއިން ވަގުތުން ފެންނާނެ އެވެ. އަދި މީޑިއާނެޓުގެ މޮބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކޮންމެތަނެއްގައި ހުރެގެން ވެސް އެ މެޗު ބަލާލެވޭނެ އެވެ.

އެ މުބާރާތުގެ ތާރީހަށް ބަލާލާއިރު، އެންމެ ގިނަ ފަހަރު މުބާރާތް ކާމިޔާބުކޮށްފައި ވަނީ ބާސެލޯނާ އެވެ. ބާސެލޯނާ ވަނީ 31 ފަހަރު މުބާރާތުގެ ތަށި އުފުލައިލާފަ އެވެ. 23 ފަހަރު މި މުބާރާތުގެ ތަށި އުފުލާލައި އެތްލެޓިކް ކުލަބް ބިލްބާއޯ ވަނީ މި ރޭހުގެ ދެވަނައިގަ އެވެ. ތިންވަނައަށް މުބާރާތުގެ އެންމެ ކާމިޔާބު ޓިމަކީ ރެއާލް މެޑްރިޑެވެ. އެޓީމުން ވަނީ 19 ފަހަރު ކޮޕަޑެލްރޭގެ ޗެމްޕިއަންގެ މަގާމު ހޯދައިފަ އެވެ. އެ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އަކީ ރިއާލް ބެޓިސް އެވެ.

އެހެންކަމުން ރެއާލް މެޑްރިޑުން ފައިނަލް މެޗާ ބައްދަލު ކުރާމީ 20 ވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރުމަށެވެ. އޮސަސޫނާ އެމެޗަށް ނުކުންނާނީ ފުރަތަމަ ފަހަރަށް މުބާރާތުގެ ތަށި އުފުލައިލުމަށެވެ.

މީޑިއާނެޓުން ދިވެހިންނާއި ހަމައަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުޅޭ ފުޓުބޯޅައިގެ އެންމެ ފޯރިގަދަ މުބާރާތްތަކާއި މެޗުތައް ގެނެސްދިނުމަށް ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މެޗުތައް ޓީވީ ސްކްރީންތަކުން އަދި މީޑިއާނެޓުގެ ފޯން އެޕްލިކޭޝަން އެމް އެސް ޑިޖިޓަލް މެދުވެރިކޮށްވެސް ބަލާލެވޭނެ އެވެ.