Advertisement

ހުލާސާކޮށް އިއްޔެ: އަބްދުއްރަހީމުގެ ބޮޑެތި ތުހުމަތުތަކެއް ޝެއިޚު އިމްރާނަށް

2 މޭ 2023 - 07:53 0

އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. -- އަބްދުﷲ އިޔާން/ އަދަދު


ހުލާސާކޮށް އިއްޔެ: އަބްދުއްރަހީމުގެ ބޮޑެތި ތުހުމަތުތަކެއް ޝެއިޚު އިމްރާނަށް

2 މޭ 2023 - 07:53 0

ޖަލުގައި 11 އަހަރުގެ ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތަފާތު އެކި އަނިޔާތައް ދެމުންދާކަމަށް ބުނެ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ސީރިއަސް ތުހުމަތުތަކެއް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ރޭ އަމާޒުކުރި އެވެ.

ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މިނިސްޓަރު އިމްރާނަކީ އެކި ފަހަރު އެކި ގޮތްގޮތަށް ވާހަކަދައްކަވާ ބޭފުޅެއް ކަމަށާއި އެއީ ރާއްޖޭގެ ތާރީހު ދުށް އެންމެ އަނިޔާވެރި ހޯމް މިނިސްޓަރު ކަމަށެވެ.

މަސައްކަތްތެރިންގެ ދުވަހާ ގުޅުވައިގެން މީސް މީޑިއާގައި އިމްރާން ހިއްސާ ކުރެއްވި މެސެޖަކަށް ރައްދުދިނުމަށް ކުރިއަށް ގެންދިޔަ ނޫސްވެރިންގެ އެ ބައްދަލުވުމުގައި އަބްދުއްރަހީމް ވަނީ މީގެ އަށް އަހަރު ކުރިން، މޭޑޭގެ މުޒާހަރާގައި ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅުވައި ޔާމީނަށް އިމްރާން ސީރިއަސް ތުހުމަތުތަކެއް ކުރެއްވި މައްސަލަ ޕީޕީއެމްގެ ސަރުކާރެއްގައި އެންމެ ފުރަތަމަ މައްސަލައެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅާނެ ވިދާޅުވެފަ އެވެ.

ދެހާސްފަނަރަ ވަނަ އަހަރުގެ މޭޑޭ މުޒާހަރާގައި މިނިސްޓަރު އިމްރާން ވަނީ ޑރ. އަފްރާޝީމާއި ރިލްވާންގެ މަރުގެ މައްސަލައިގެ ހަގީގަތް އޭރުގެ ރައީސް ޔާމީނަށާއި ނައިބު ރައީސް އަހުމަދު އަދީބުއަށް އެނގޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ދެމީހުންގެ މަރުގެ މައްސަލައާ ގުޅުންހުރި ކަމަށް ބުނާ ބައެއް ލިޔުންތައް ވެސް އެދުވަހު އިމްރާން ދައްކަވާފައިވެ އެވެ.

މުހިންމު ބައެއް ހަބަރު

ދުވަހުގެ ކޯޓޭޝަން

ބައިނަލްއަގުވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ދެއްވި ހިތޯބުގައި ވިދާޅުވީ،

މުވައްޒަފުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ނުވަތަ މިނިމަމް ވޭޖް އަޅުގަނޑުމެން ކަނޑައެޅީ 2021 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގަ އެވެ. އަދި ސާވިސް ޗާޖްގެ ފައިދާ، މުވައްޒަފުންނަށް ހަމަހަމައަށް ލިބިދެވޭނެ ގޮތަށް ޤާނޫނަށް ވާނީ އެ ބަދަލު ގެނެސްފައި,"

ދުވަހުގެ ފޮޓޯ

މިހާރު ކުރިއަށްދާ އޮފީސްތަކުގެ ވޮލީ މުބާރާތުގައި ރޭ ސްޓެލްކޯ އާއި އެމްއޭސީއެލް ބައްދަލު ކުރި މެޗްގެ ތެރެއިން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު