29 އޭޕްރީލް 2023 - 14:01 1
ނިމާ ހަސަން
ލޯންޗުގައި މަރުވި ސާސް ކޮންސްޓްރަކްޝަންގެ ވެރިޔާ ސައުދު. އޭނާ ދަތުރުކުރަމުންދިޔައީ ގުޅީފަޅުން ހުޅުމާލެއަށް.
29 އޭޕްރީލް 2023 - 14:01 1
ދެ ލޯންޗު ޖެހި މާލެ ކައިރިން ހިނގި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ އެވެ.
މިކަމާ ގުޅުގެން ފުލުހުން ބުނީ ފޭދޫ ފިނޮޅު ކައިރިން ދެ ލޯންޗު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިއަދު 4:42 ހާއިރު ފުލުހުންނަށް ރިޕޯޓު ލިބިފައިވާ ކަމަށެވެ. އަދި, އެކްސިޑެންޓުގައި 53 އަހަރުގެ މީހަކަށް އަނިޔާވެގެން އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށެވެ.
"އަދަދު" ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުގައި މަރުވީ ސާސް ކޮންސްޓްރަކްޝަންގެ ވެރިޔާ ސައުދުالله އަހުމަދު (ސައުދު) އެވެ. އެވަގުތު ލޯންޗުގައި ތިބީ އޭނާގެ އިތުރުން ދެ ކްރޫ މެމްބަރުންނެވެ. ލޯންޗު ދަތުރު ކުރަމުންދިޔައީ ގުޅީފަޅުން ހުޅުމާލެއަށެވެ.
އެކްސިޑެންޓުވި ލޯންޗު. އެކްސިޑެންޓުވި ވަގުތު ލޯންޗުގައި ތިބީ ތިން މީހުން ---
އެހެން ލޯންޗެއް ބާރު ސްޕީޑުގައި ދުއްވާފައި އަންނާތީ ސައުދު ދަތުރުކުރަމުންދިޔަ ލޯންޗު ފޭދޫ ފިނޮޅު ކައިރި މަޑުކޮށްލި ވަގުތު އެކްސިޑެންޓުވި އިރު އޭނާ އިނީ ލޯންޗުގެ ފަހަތު ސީޓުގައި ކަމަށް އެ ކުންފުނީގެ އިސް އޮފިޝަލަކު ވަނީ "އަދަދު" ނޫހަށް ކިޔައިދީފަ އެވެ.
ފޮޓޯތަކުން އެނގޭ ގޮތުގައި ބާރަށް ދުއްވާފައި އައި ލޯންޗު އަރާފައި ވަނީ ފަހަތު ސީޓާ ދިމާލުން ސާސް ކޮންސްޓްރަކްޝަން ލޯންޗުގެ ވާތް ފަޅިންނެވެ.
އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. އެކްސިޑެންޓުވި ލޯންޗު އޮތީ މިވަގުތު ވެސް ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.
10.00%
80.00%
5.00%
5.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment