Advertisement

ޓައިވާނާ ގުޅޭ ގޮތުން ދެކުނު ކޮރެއާގެ ރައީސް ދެއްކެވި ވާހަކައާ މެދު ހިތްހަމަނުޖެހުން

24 އޭޕްރީލް 2023 - 07:08 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް. -- ފޮޓޯ: ރޮއިޓާޒް


ޓައިވާނާ ގުޅޭ ގޮތުން ދެކުނު ކޮރެއާގެ ރައީސް ދެއްކެވި ވާހަކައާ މެދު ހިތްހަމަނުޖެހުން

24 އޭޕްރީލް 2023 - 07:08 0

ބެއިޖިން، ޗައިނާ (އެޕްރީލް 23) - ޓައިވާނާ ގުޅޭ ގޮތުން ދެކުނު ކޮރެއާގެ ރައީސް ދެއްކެވި ވާހަކައާ މެދު ޗައިނާއިން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން އާދީއްތަ ދުވަހު ބުނީ ވައިސް ފޮރިން މިނިސްޓަރު ސުން ވެއިޑޮންގް ދެކުނު ކޮރެއާގެ ސަފީރަށް ޝަކުވާ ހުށަހެޅުއްވި ކަމަށެވެ.

ރޮއިޓާޒްއަށް ދެއްވި އިންޓަވިއުއެއްގައި ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔެއޯލް ވިދާޅުވީ ޓައިވާނުގެ މަޝްރަހު ހޫނު ވަނީ ހަގީގަތް ބަދަލު ކުރަން އުޅޭތީ ކަމަށެވެ.

ގަދަ ބާރުން ހަގީގަތް ބަދަލުކުރަން އުޅުމަކީ ދެކުނު ކޮރެއާއިން ދެކޮޅު ހަދާ ކަމެއްގެ ގޮތުގައި ވެސް އެމަނިކުފާނު ސިފަކުރެއްވި އެވެ.

"ޓައިވާންގެ މައްސަލައަކީ ހަމައެކަނި ޗައިނާ އާއި ޓައިވާނާ ދެމެދު އޮތް މައްސަލައެއް ނޫން. އެކަމަކު އެއީ އުތުރު ކޮރެއާގެ މައްސަލަ ގޮތަށް މުޅި ދުނިޔެއާ ގުޅުން އޮތް މައްސަލައެއް."

ޗައިނާގެ ފޮރިން މިނިސްޓަރު ސުން ވިދާޅުވީ އެއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ވާހަކައެއް ނޫން ކަމަށެވެ.

"ވަން ޗައިނާ އުސޫލާ ގުޅޭ އެއްވެސް ވާހަކައެއް ދެކުނު ކޮރެއާގެ ރައީސް ނުދައްކަވާ. އެކަމަކު ޓައިވާނަކީ ދެ ކޮރެއާގެ މައްސަލައާ އެއްފަދަ ކަމެއްގެ ގޮތުގައި ސިފަކުރެއްވި."

"އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާއަކީ މިނިވަން، އިސްތިގްލާލް، ވަކި ދެ ގައުމު. އެއީ އދ. ގެ މެމްބަރު ދެ ގައުމު. ކޮރެއާގެ މައްސަލަ އާއި ޓައިވާންގެ މައްސަލައަކީ މުޅިން ތަފާތު ދެ ބާވަތުގެ މައްސަލަ. އެއީ އެއްވެސް ވަރަކަށް އަޅާކިޔޭނެ ދެ ކަމެއް ނޫން."

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ޕްރޮވިންސެކެވެ. ބާރުގެ ބޭނުންކޮށްގެން ނަމަވެސް ޗައިނާގެ ބަޔެއްގެ ގޮތުގައި ޓައިވާން ބާއްވާނެ ކަމަށް އެ ގައުމުން ބުނެ އެވެ.

އެހެން ނަމަވެސް ޓައިވާނުގެ ވެރިން ދެކޭ ގޮތުގައި އެއީ މިނިވަން، އިސްތިގްލާލް ގައުމެކެވެ. ޓައިވާނުގައި ޗައިނާއާ ވަކި ސަރުކާރެއް ހަދައިގެން އުޅެން ފެށީ 1950 ގެ އަހަރުތަކުގައި ޗައިނާގެ ދާހިލީ ހަނގުރާމައިގެ ތެރެއިންނެވެ.

މިހާރު ޓައިވާނުގައި އޮންނަނީ ޑިމޮކްރެޓިކް އުސޫލުން އިންތިހާބު ކުރާ ސަރުކާރެކެވެ. ޓައިވާނުގެ އެންމެ ބޮޑު ބައިވެރިއަކީ އެމެރިކާ އެވެ. އެކަމަކު އެމެރިކާއިން ވެސް ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން ބާއްވަނީ ޗައިނާއާ އެކު އެވެ.