Advertisement

ފްރެންޗް އޯޕަން އަށް ނަޑާލް ފިޓުވާނެކަމާ މެދު ޝައްކު

5 އޭޕްރީލް 2023 - 12:48 0


ފްރެންޗް އޯޕަން އަށް ނަޑާލް ފިޓުވާނެކަމާ މެދު ޝައްކު

5 އޭޕްރީލް 2023 - 12:48 0

ޕެރިސް (އޭޕްރީލް 5) - އަނިޔާގެ ސަބަބުން އަންނަ ހަފުތާގައި ފަށާ މޮންޓެ ކާލޯ މާސްޓާސް އިން ރަފައެލް ނަޑާލް ވަކިވުމުން، މި އަހަރުގެ ފްރެންޗް އޯޕަން މުބާރާތަށް އޭނާ ފިޓުވާނެކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

ޖެނުއަރީ މަހު އޮތް އޮސްޓްރޭލިއަން އޯޕަންގެ ދެ ވަނަ ބުރުގައި އެމެރިކާގެ މެކެންޒީ މެކްޑޮނަލްޑް އަތުން ނަޑާލް ބަލިވި ފަހުން، އޭނާހުރީ ކުޅުމާ ދުރުގަ އެވެ.

ޖުމްލަ 11 ފަހަރު މޮންޓެ ކާލޯ މާސްޓާސް ކާމިޔާބުކޮށްފައިވާ ނަޑާލް އަށް ކުރިމަތިވެފައިވާ އަނިޔާގެ މައްސަލައެއްގެ ސަބަބުން، މި އަހަރުގެ ފްރެންޗް އޯޕަން ގްރޭންޑް ސްލޭމް މުބާރާތުގައި އޭނާ ނުކުޅޭނެއެވެ.

މޮންޓެ ކާލޯ މާސްޓާސްގައި ނަޑާލް ނުކުޅެވޭތީ، އޭނާ އަށް ފްރެންޗް އޯޕަން އަށް ތައްޔާރުވާން ލިބޭ ފުރުސަތެއް ގެއްލުނީ އެވެ. އެހެންކަމުން، އަންނަ މަހުގެ 28 ވަނަ ދުވަހު، ފްރާންސްގައި ފަށާ މުބާރާތް 14 ފަހަރު ކާމިޔާބުކޮށްފައިވާ ނަޑާލް އަށް އެ މުބާރާތް ވެސް ނުކުޅެވޭނެކަން ގާތްގަނޑަކަށް ކަށަވަރުވީ އެވެ.

ނަޑާލްގެ އިތުރުން، ދުނިޔޭގެ ދެ ވަނަ ކުޅުންތެރިޔާ ކާލޮސް އަލްކަރާޒް އަށް ވެސް އަނިޔާގެ ސަބަބުން މޮންޓެ ކާލޯ މާސްޓާސްގައި ނުކުޅެވޭނެ އެވެ.

ޓެނިހުގެ ތާރީހުގައި ވެސް އެންމެ ގިނަ ގްރޭންޑް ސްލޭމް ކާމިޔާބު ކުރުމުގެ ރެކޯޑް އޮތް، ނަޑާލް ވަނީ އެންމެ ފަހުން ނެރުނު ޓެނިހުގެ ރޭންކިންގައި 2005 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ދުނިޔޭގެ ރޭންކިން ގަދަ 10 އަކުން ބޭރުވެފަ އެވެ.