Advertisement

ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސަކަށް އަނެއްކާ ވެސް އިއްބެ

25 މާރިޗު 2023 - 05:53 0

އެންމެ ފަހުން ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން އިއްބެ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސަކަށް އަނެއްކާ ވެސް އިއްބެ

25 މާރިޗު 2023 - 05:53 0

ބޮޑީބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީބީއޭއެމް)ގެ ރައީސްގެ މަގާމަށް އިތުރު ދައުރަކަށް މިހާރު ވެސް އެ މަގާމު ފުރުއްވަމުން އައި އިބްރާހިމް ހަމީދު (އިއްބެ) އިންތިހާބުވެވަޑައިގެންފި އެވެ.

މިއީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ހިންގާ ކޮމިޓީގެ ވެސް މެމްބަރުކަން ކުރައްވަމުން އަންނަ އިއްބެ، ބޮޑީބިލްޑިން ރައީސެއްގެ ގޮތުގައި ފުރިހަަމަކުރައްވާނެ ތިން ވަނަ ދައުރެެވެ.

މީގެ ކުރިން، އިއްބެ، ބޮޑީބިލްޑިން އެސޯސިއޭޝަންގެ ރައީސްގެ މަގާމު އަދާކުރެއްވި ދެ ދައުރުގައި ރާއްޖޭން ވަނީ ރަން ވަނަ ތަކެއް ހޯދައި، ބައިނަލްއަގުވާމީ މުބާރާތްތައް ރާއްޖޭގައި ހޯސްޓްކުރަން މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

އިއްބެއާ އެކު، 2023-2027 ގެ ދައުރަށް ހިންގާ ކޮމިޓީ އަށް އިންތިހާބުވެވަޑައިގަތް ޓީމުގައި ހިމެނޭ މެމްބަރުންނަކީ ވައިސް ޕްރެޒިޑެންޓް/ޓްރެޝަރާ އަހުމަދު އައިމަން، އެގްޒެކްޓިވް މެމްބަރު އަހުމަދު ލިޒާމް، އެގްޒެކްޓިވް މެމްބަރު މުހައްމަދު ނަޒީހު އަދި އެގްޒެކްޓިވް މެމްބަރު މުހައްމަދު ނާޝިދު އެވެ.

އާ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވުމަށް ފަހު އިއްބެ ވިދާޅުވީ މިހާރު އޮތް ލީޑަޝިޕްގައި ވެސް ތިބީ ޒުވާން، ކެރޭ އަދި ހިންގުންތެރި ޓީމެއް ކަމަށާއި ހިލޭ ސާބަހަށް ރާއްޖޭގައި ބޮޑީބިލްޑިން ކުރިއެރުވުމަށާއި ގައުމަށް ހިދުމަތްކޮށްދިނުމުގައި ސާބިތުކަން ދައްކައިދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ބޮޑީބިލްޑިންގެ އާ ހިންގާ ބޯޑަށް، އޭޝިއާ އާއި ދުނިޔޭގެ މައި ބޮޑީބޯޑިން ޖަމިއްޔާ އިން ވަނީ މަރުހަބާ ކިޔައިފަ އެެވެ.

ދުނިޔޭގެ ބޮޑީބިލްޑިން އަދި ފިޒީކް ސްޕޯޓްސް ފެޑެރޭޝަންގެ ނައިބު ރައީސްގެ މަގާމަށް ރާއްޖޭގެ ބޮޑީބިލްޑިން ރައީސް އިއްބެ ވަނީ މިދިޔަ އަހަރު ޑިސެމްބަރު މަހު އިންތިހާބުކޮށްފަ އެވެ. އޭގެ ކުރިން 2019 ވަނަ އަހަރު އިއްބެ ވަނީ އޭޝިއާގެ ބޮޑީބިލްޑިން ފެޑެރޭޝަންގެ އެގްޒެކްޓިވް ވައިސް ޕްރެޒިޑެންޓްގެ މަގާމަށް އިންތިހާބުވެވަޑައިގެންފަ އެވެ.

ބޮޑީބިލްޑިން ދުނިޔޭގައި ނަން ހިނގާ ފަރާތެއްގެ ގޮތުގައި ފާހަގަކުރެވޭ އިއްބެ ވަނީ ޖަޖެއްގެ ގޮތުގައި ބައިނަލް އަގުވާމީ ގިނަ މުބާރާތްތަކެއްގައި މަސައްކަތްކޮށްފަ އެވެ. އެ ގޮތުން މިދިޔަ އަހަރުގެ މެއި މަހު، ވިއެޓްނާމްގެ ހަނޯއިގައި ކުރިއަށްދިޔަ 31 ވަނަ ސައުތު އީސްޓް އޭޝިއަން ގޭމްސް - "ސީ ގޭމްސް" ގައި ވެސް އިއްބެ ވަނީ ޖަޖެއްގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ.