Advertisement

ެސެވިއްޔާގެ ކޯޗުކަމުން ސަމްޕައޮލީ ވަކިކޮށްފި، އާ ކޯޗަކަށް މެންޑިލިބާ

22 މާރިޗު 2023 - 13:18 0


ެސެވިއްޔާގެ ކޯޗުކަމުން ސަމްޕައޮލީ ވަކިކޮށްފި، އާ ކޯޗަކަށް މެންޑިލިބާ

22 މާރިޗު 2023 - 13:18 0

މެޑްރިޑް (މާޗު 22) - ސްޕެނިޝް ލީގުގެ ރެލިގޭޝަން ޒޯންއާ ކައިރީގައި އޮތް ސެވިއްޔާ އިން އެ ޓީމުގެ ކޯޗުކަމުން އާޖެންޓީނާގެ ޖޯޖް ސަމްޕައޮލީ ވަކިކޮށްފި އެވެ.

ސަމްޕައޮލީ، 62، ކޯޗުކަމުން ވަކިކޮށް، ސެވިއްޔާގެ އާ ކޯޗަކަށް ހަމަޖެއްސީ ސްޕެއިންގެ ތަޖުރިބާކާރު ކޯޗު ހޯސޭ ލުއިސް މެންޑިލިބާ އެވެ.

ސެވިއްޔާ މި ވަގުތު އޮތީ ސްޕެނިޝް ލީގު ތާވަލްގެ 14 ވަނައިގަ އެވެ. ރެލިގޭޝަން ޒޯން އިން ބޭރުގައި އެ ޓީމު އޮތީ ދެ ޕޮއިންޓްގެ ފަރަގަކުންނެވެ.

ކުރިން އާޖެންޓީނާ އާއި ޗިލީގެ ގައުމީ ޓީމަށް ކޯޗުކޮށްދިން ސަމްޕައޮލީ ސެވިއްޔާގެ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ސަމްޕައޮލީގެ އިރުޝާދުގެ ދަށުން ކުޅުނު 31 މެޗުގެ ތެރެއިން 13 މެޗުން ސެވިއްޔާ މޮޅުވިއިރު، ހަ މެޗު އެއްވަރުވެ، 12 މެޗުން އެ ޓީމު ވަނީ ބަލިވެފަ އެވެ.

"މިއީ އަހަރެން ވަރަށް ލޯބިވާ ކްލަބަކަށް އަލްވަދާއު ކިޔަންވީ ވަގުތު،" ސަމްޕައޮލީ ބުންޏެވެ.

"ފުޓްބޯޅަ އަކީ އަބަދު އުފާވެރިކަން ގެނެސްދޭ ކަމެއް ނޫން. އެކަމަކު މި ކްލަބުގައި ވެސް މިކުރެވުނީ ރަނގަޅު ތަޖުރިބާއެއް،"

ސެވިއްޔާގެ އާ ކޯޗަކަށް ހަމަޖެއްސި މެންޑިލިބާ އަކީ ސްޕެއިންގެ ގިނަ ކްލަބުތަކަކަށް ކޯޗުކޮށްދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ.

މެންޑިލިބާގެ އިރުޝާދުގެ ދަށުން ސެވިއްޔާ ކުޅޭ ފުރަތަމަ މެޗަކީ އަންނަ މަހުގެ އެއް ވަނަ ދުވަހު ކަޑީޒްއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅޭ މެޗެވެ. ކަޑީޒް އޮތީ ލަނޑުގެ ތަފާތުން ތާވަލްގެ 15 ވަނައިގަ އެވެ.