Advertisement

ރޯދަ މަހުގެ ވިޔަފާރި ގަޑިތައް ކަނޑައަޅައިފި

15 މާރިޗު 2023 - 09:48 0

މުހައްމަދު ހަފީޒު

މުހައްމަދު ހަފީޒު

ބާޒާރުމަތީގެ ފިހާރައެއް. ރޯދަ މަހާ ދިމާކޮށް ވިޔަފާރިތައް ހުޅުވޭ ގަޑިތަކަށް ސަރުކާރުން މިވަނީ ބަދަލުތަކެއް ގެނެސްފައި --- ފޮޓޯ: އަދަދު ފައިލް


ރޯދަ މަހުގެ ވިޔަފާރި ގަޑިތައް ކަނޑައަޅައިފި

15 މާރިޗު 2023 - 09:48 0

ރޯދަ މަސް ތެރޭ ކެފޭ، ރެސްޓޯރެންޓާއި މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ރޯދަ މަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ހަވީރު 5:30 އިން ފެށިގެން ދަންވަރު 3:00 ޖަހަންދެން ކަމަށެވެ.

ރޯދަ މަހަށްފަހު ޝައްވާލު މަހުގެ ފުރަތަމަ ހަފްތާގައި ކެފޭ ރެސްޓޯރެންޓް ފަދަ ތަންތަން ހުޅުވާފައި ބެހެއްޓޭނީ ފަތިހު 4:30 އިން ފެށިގެން ދަންވަރު 3:00 އަށް ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީގެ އެ އިއުލާނުގައި ބުނެ އެވެ.

އޭގެ އިތުރުން، ރޯދަ މަހުގެ ތެރޭ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ގަޑިތައް ވެސް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.

އެގޮތުން މާޗް 15، އިން ފެށިގެން ޝައްވާލު މަހުގެ ފުރަތަމަ ހަފްތާގެ ނިޔަލަށް މުދާ ވިއްކާ ފިހާރަތައް ހުޅުވާފައި ބެހެއްޓޭނެ ވަގުތަކީ ފަތިހު 5:30 އިން ފެށިގެން ދަންވަރު 1:00 އަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ކަނޑައަޅައިފަ އެވެ.

ރޯދަ މަސް ފެށެނީ މާޗް 23، ގަ އެވެ. ރޯދަ މަސްތެރޭ ސަރުކާރުގެ މަސައްކަތުގެ ރަސްމީ ގަޑިތަކަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން، ރޯދަ މަސް ތެރޭ ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތުގެ ވަގުތަކީ ހެނދުނު 9:00 އިން ފެށިގެން މެންދުރު 1 ޖަހަންދެކަށެވެ.