Advertisement

ރެޑްވޭވަށް ވިލިމާލޭން ބިން ދޫކުރީ އުސޫލާ ހިލާފަކަށް ނޫން: ސިޓީ ކައުންސިލް

4 މާރިޗު 2023 - 19:43 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ވިިލިމާލެ ބީޗު ސަރަހައްދު؛ އުސޫލާ ހިލާފަށް ވިލިމާލޭން ރެޑްވޭވަށް ބިން ދޫކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތައް ދޮގުކޮށްފި


ރެޑްވޭވަށް ވިލިމާލޭން ބިން ދޫކުރީ އުސޫލާ ހިލާފަކަށް ނޫން: ސިޓީ ކައުންސިލް

4 މާރިޗު 2023 - 19:43 1

ވިލިމާލޭގައި ކޮމާޝަލް އިމާރާތެއް އެޅުމަށް ރެޑްވޭވަށް ބިމެއް ދޫކުރީ އޮންނަ އުސޫލުތަކުގެ ތެރެއިން ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.

މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ކައުންސިލުން ބޭއްވި ޖަލްސާގައި ވިލިމާލޭން ބިމެއް ރެޑްވޭވަށް ދޭން ނިންމާފައިވޭތޯ ސުވާލުކުރުމުން ރެޑްވޭވަށް ބިމެއް ދީފައިވާ ކަމަށް ކައުންސިލުން ހާމަކޮށްފައިވެ އެވެ. އެއީ އެ ރަށުގައި ކޮމާޝަލް އިމާރާތެއް އެޅުމަށް ކަމަށް ކައުންސިލުން ބުންޏެވެ.

އެކަމާ ގުޅިގެން ސިޓީ ކައުންސިލްގައި އިންނަވާ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ ނެރުއްވި ބަޔާނެއްގައި ވަނީ ރެޑްވޭވަށް ވިލިމާލޭގެ ބިމެއް ދޭން ނިންމީ ކައުންސިލް ޖަލްސާއަކުން ރަސްމީކޮށް ނިންމައިގެން ނޫން ކަމަށާއި އެއީ އުސޫލާ ހިލާފަށް ކުރި ކަމެއް ކަމަށެވެ.

ނަހުލާގެ ތުހުމަތުތަކާ ގުޅިގެން ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ވިލިމާލޭން ރެޑްވޭވަށް ބިމެއް ދޫކުރަން އެއްބަސްވުން ހަދާފައިވަނީ، ކޮމާޝަލް ބިލްޑިން އެޅުމަށް ބިޑް އުސޫލުން ހުޅުވާލައި، ލިބިފައިވާ ހުށަހެޅުންތައް ބިޑް ކޮމިޓީއަކުން ދިރާސާކޮށްގެން ކަމަށެވެ.

ކައުންސިލަށް އެންމެ ފައިދާ ހުރި ހުށަހެޅުމެއް ކަނޑައެޅީ ވެސް ބިޑް ކޮމިޓީން ކަމަށާއި، ކޮމާޝަލް ބިލްޑިން ހިމެނޭހެން ވިލިމާލޭގައި ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދަން އޭޕްރީލް 13، 2022 ގައި ބޭއްވި ކައުންސިލް ޖަލްސާގައި ފާސްކޮށްފައިވާ ކަމަށް ސިޓީ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

އޭގެ އިތުރުން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ ނިންމުން ރަސްމީކޮށް ނިންމުމާ ހަމައަށް ބޭއްވި ކައުންސިލްގެ އާންމު ބައްދަލުވުންތަކުގައި އެ ކަމަށް ކައުންސިލަރުން ބަހުސްކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ނެރުނު ބަޔާނުގައިވެ އެވެ.

"މި ހުރިހާ ބައްދަލުވުން ތަކުގައިވެސް ވިލިމާލޭގެ ކައުންސިލަރު [ނަހުލާ] ހާޒިރުވެ ބަހުސްގައި ބައިވެރިވެ މި ކަންކަން ކުރިއަށް ގެންދިއުމަށް ވޯޓު ދެއްވާފައިވެ އެވެ. އަދި މި ބައްދަލުވުންތަކުގެ ހާޒިރީގައި ވިލިމާލޭ ދާއިރާގެ ކައުންސިލަރު ސޮއިކޮށްފައިވޭ،" ސިޓީ ކައުންސިލްގެ ނޫސް ބަޔާނުގައިވެ އެވެ.

އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލުން ވިލިމާލޭގައި ކޮމާޝަލް ބިލްޑިންއެއް އެޅުމަށް ރެޑްވޭވަށް ބިމެއް ދޫކޮށްފައިވާއިރު، އެއީ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ގެ ކުންފުންޏެކެވެ.