Advertisement

ރަށްވެހިކަން ބަދަލު ކުރުމަށް ދޮގު މައުލޫމާތު ދިން ފަނޑިޔާރަކު ސަސްޕެންޑު ކޮށްފި

20 ފެބުރުވަރީ 2023 - 08:53 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އަހުމަދު އާމިރު


ރަށްވެހިކަން ބަދަލު ކުރުމަށް ދޮގު މައުލޫމާތު ދިން ފަނޑިޔާރަކު ސަސްޕެންޑު ކޮށްފި

20 ފެބުރުވަރީ 2023 - 08:53 0

ރަށްވެހިކަން ބަދަލުކުރުމަށް ކައުންސިލަށް ދޮގު މައުލޫމާތު ދިން މައްސަލާގައި ދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އަހުމަދު އާމިރު ސަސްޕެންޑުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، މެޖިސްޓްރޭޓް އަހުމަދު އާމިރު ސަސްޕެންޑުކުރުމަށް ނިންމާފައި ވަނީ ދ. ކުޑަހުވަދޫއަށް ރަށްވެހިކަން ބަދަލުކުރުމަށް އެދި ކުޑަހުވަދޫ ކައުންސިލް އިދާރާއަށް ހުށަހެޅި އިރު ދޮގު މައުލޫމާތު ދިނުމާއި، ބަޔަކު ލައްވައި ދޮގު ހެކިބަސް ދީފައިވާތީ ކަމަށެވެ.

އަދި, ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމަކީ، ކޮށްގެންވާނެ އަމަލެއް ކަމަށް ގަބޫލުނުކުރެވޭތީ، މިއީ ގާނޫނުލް އުގޫބާތުގެ 521 ވަނަ މާއްދާގެ ދަށުން ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ މައްސަލައެއްކަމަށް ތަހުގީގަށް ފެންނަކަމަށް ޖޭއެސްސީން ބުނެފަައި ވެއެވެ.

މިކަމުގައި އަހުމަދު އާމިރު ފަނޑިޔާރުންގެ ގާނޫނު އަދި ސުލޫކީ މިންގަނޑާ ހިލާފުވެފައިވާ ކަމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.

ޖޭއެސްސީން މި މަހުގެ އެއްވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ ނުވަ ވަނަ ޖަލްސާގައި އަަހުމަދު އާމިރު ސަސްޕެންޑު ކުރީ އިއްޔެއިން ފެށިގެން ދެ ހަފްތާގެ މުއްދަތަކަށެވެ. އޭނާ ސަސްޕެންޑުކޮށްފައިވާ މުއްދަތުގައި މުސާރަ އަދި އިނާޔަތް ނުލިބޭނެ ކަމަށް ވެސް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.