Advertisement

ފިލިޕީންސްގެ ކޯސްޓުގާޑާ ދެކޮޅަށް ޗައިނާއިން އަސްކަރީ ލޭޒަރެއް ބޭނުންކޮށްފި

14 ފެބުރުވަރީ 2023 - 14:17 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ދެކުނު ޗައިނާ ކަނޑުގައި އެ ގައުމުން ފިލިޕީންސްގެ ކޯސްޓުގާޑާ ދެކޮޅަށް ބޭނުންކުރި ކަމަށް ބުނާ ލޭޒަރު - ފޮޓޯ: ފިލިޕީންސް ކޯސްޓުގާޑު


ފިލިޕީންސްގެ ކޯސްޓުގާޑާ ދެކޮޅަށް ޗައިނާއިން އަސްކަރީ ލޭޒަރެއް ބޭނުންކޮށްފި

14 ފެބުރުވަރީ 2023 - 14:17 0

ފިލިޕީންސްގެ ކޯސްޓުގާޑުގެ އުޅަނދަކާ ދެކޮޅަށް ޗައިނާގެ އަސްކަރިއްޔާއިން އަސްކަރީ ލޭޒަރެއް ބޭނުންކުރި ކަމަށް އެ ގައުމުން ބުނެފި އެވެ.

ފިލިޕީންސް އިން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގާފައިވަނީ މި މަހުގެ ހަ ވަނަ ދުވަހު އެ ގައުމުގެ ކޯސްޓު ގާޑު އުޅަނދެއް ދެކުނު ޗައިނާ ކަނޑުގައި އޮންނަ ސެކަންޑް ތޯމަސް ޝޯލަށް ކުރި ދަތުރެއްގެ ތެރޭގަ އެވެ. ތޯމަސް ޝޮލް އަކީ ފިލިޕީންސްގެ ސިފައިން މަރުކަޒުވެ ތިބޭ ތަނެކެވެ.

އެގޮތުން، ފިލިޕީންސް އިން ބުނި ގޮތުގައި ޗައިނާގެ އަސްކަރީ ލޭޒަރުގެ ސަބަބުން އެ ގައުމުގެ ކޯސްޓު ގާޑު އުޅަނދުގައި ތިބި ސިފައިންގެ ފެނުމަށް ވަގުތީ ގެއްލުންތަކެއް ކަމަށެވެ. އަދި، ޗައިނާއިން އަމަލުކުރީ ނުރައްކާތެރިކޮށް ކަމަށްވެސް ވަނީ ބުނެފަ އެވެ.

ޗައިނާ އަސްކަރިއްޔާގެ މި އަމަލު އެމެރިކާއިންވެސް ވަނީ ކުށްވެރިކޮށްފަ އެވެ. އެގޮތުން، އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވީ، އެމެރިކާ އަބަދުވެސް ފިލިޕީންސްއާއެކު ސާބިތުވެ އޮންނާނެ ކަމަށެވެ.

އަދި، ޗައިނާގެ އަމަލަކީ ނުރައްކާތެރި އަމަލެއް ކަމަށާއި ޗައިނާއިން 1982 ގައި ފާސްކުރި ކަނޑުތަކުގެ ބައިނަލްއަގުވާމީ ގާނޫނަށް އިހުތިރާމުކުރުމަށް ވަނީ ގޮވާލާފަ އެވެ.

މި މައްސަލައިގައި ޗައިނާގެ ފޮރިން މިނިސްޓްރީއިން ބުނީ އެ ގައުމުގެ އަސްކަރިއްޔާއިން އަމަލުކުރީ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ކަމަށެވެ.