Advertisement

ނޫސްވެރިންނަށް އަނިޔާވުން؛ ބްރޯޑްކޮމުން ފުލުހުންނާ ބައްދަލުކޮށްފި

12 ފެބުރުވަރީ 2023 - 21:16 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވީ މިފަދަ ކަންކަމުގައި ގޮތް ނިންމަނީ ދެފަރާތުގެ ވާޙަކަތައް އަޑު އެހުމަށް ފަހު ކަމަށް -- ފޮޓޯ: ބްރޯޑްކޮމް


ނޫސްވެރިންނަށް އަނިޔާވުން؛ ބްރޯޑްކޮމުން ފުލުހުންނާ ބައްދަލުކޮށްފި

12 ފެބުރުވަރީ 2023 - 21:16 0

މިމަހުގެ ހަވަަނަ ދުވަހު މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން ދެއްވި ވަގުތު އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރުކުރަމުން ދިޔަ ޗެނަލް 13ގެ ނޫސްވެރިއަކަށް އަނިޔާވި މައްސަލާގައި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)އިން ފުލުހުންނާ ބައްދަލުކޮށްފި އެވެ.

ބްރޯޑްކޮމްގެ ރައީސް މަރިޔަމް ވަހީދާ "އަދަދު"އަށް ވިިދާޅުވީ، ފުލުހުންނާ ބައްދަލުކުރީ މުޒާހަރާގައި ނޫސްވެރިއަކަށްް އަނިޔާވެފައިވާތީ އެކަން ހިނގި ގޮތް އޮޅުން ފިލުވުމަށް ކަމަށެވެ. މިފަދަ ކޮންމެ ހާާދިސާއަކާއި ގުޅިގެން ގޮތް ނިންމަނީ ފުލުހުންނާއި އެކަމެއް ދިމާވި ނޫސްވެރިންނަކާއި ވެސް ވާހަކަ ދައްކާ ކަންް ހިނގި ގޮތް އޮޅުން ފިލުވުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި މަޝްވަރާ ކުރީ ކިހިނެއް ހިނގާ ދިޔަ ކަމެއްތޯ މިއީ ބެލުމަށް. ހުދު އަޅުގަނޑުވެސް ބައްދަލުކުރިން އެތަނުން އެއްކުއްޖަކު ހޮސްޕިޓަލުގައި އޮއްވާ" މަރިޔަމް ވަހީދާ ވިދާޅުވި އެވެ.

މިފަދަ މައްސަލަތަކުގައި ފުލުހުންނާއި ނޫސްވެރިންގެ ވީޑިއޯތައް ބަލައި ދެފަރާތުގެ ވާހަކަތައް އަޑުއަހާކަން ފާހަގަކުރައްވަމުން މަރިޔަމް ވަހީދާ ވިދާޅުވީ، ނޫސްވެރިންގެ ބެލެނިވެރި ފަރާތެއްގެ ހައިސިއްޔަތުންް އެއްވެސް ނޫސްވެރިއަކަށް ގެއްލުމެއް އަދި އަނިޔާއެއް ވެސް ލިބުމަކީ ނުހަނު ކަަންބޮޑުވާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން އަބަދުވެސް ވަރަށް ދެރަވަން ޖާނަލިސްޓުންނަށް އަނިޔާވާތީ. އަދި ޖާނަލިސްޓުން ނޫނަސް އެއްވެސް މީހަކަށް އަނިޔާވުމަކީ އެއް ގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން. އެހެންވީމަ އަޅުގަނޑުމެން އެބޭފުޅުން [ފުލުހުން] ގާތުވެސް ބުނީ އަޅުގަނޑުމެން އެއްގޮތަކަށް ވެސް ބަލައިގަންނަ ކަމެއް ނޫނޭ އެއީ," މަރިޔަމް ވަހީދާ ވިދާޅުވި އެވެ.

ނޫސްވެރިންނާ ދެކެވުނު ވާހަކަތަކުންނާއި ފުލުހުންނާއި އެކު ކުރެވުނު މަޝްވަރާގައި މިކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް ވާހަކަ ދައްކާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ދުވަހުގެ މުޒާހަރާގެ ތެރެއިން ޗެނަލް 13ގެ ދެ ނޫސްވެރިއަކަށް އަނިޔާވި އެވެ. އޭގެތެރެއިން އެކަކަށް މާބޮޑު އަނިޔާއެއް ލިބިފައި ނުވި ނަމަވެސް އެއް ނޫސްވެރިއަކަށް ވަނީ އޭޑީކޭގައި އެނދުމަތިކޮށްގެން ފަރުވާދީފަ އެވެ. އަދި, އޭނާގެ އާއިލާއިން ވަނީ އިތުރު ފަރުވާއަށް އޭނާ ލަންކާއަށް ވެސް ގެންގޮސްފަ އެވެ.

މި މުޒާހަރާގެ ތެރެއިން ނޫސްވެރިންނަށް އަނިޔާ ލިބުމާއި ގުޅިގެން މީޑިއާ ކައުންސިލުން އަދި މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ)އިން ވަނީ އެކަން ކުއްވެރިކޮށްފަ އެވެ.

ފުލުހުން ވަނީ މިކަމުގައި ފުލުހުންގެ އެއްވެސް ކުށެއް ވޭތޯ ބަލަމުން ދާކަން ވެސް ހާމަކޮށްފަ އެވެ. އަދި ނޫސްވެރިންނަށް އަނިޔާލިބިފައިވީނަމަވެސް އެކަން ހިނގާފައި ވަނީ ގަސްްތުގައި ނޫސްވެރިންނަށް އަނިޔާކުރުމުގެ ނިޔަތުގައި ނޫން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.