Advertisement

ސައުދީގެ އަލް ހިލާލް ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް

8 ފެބުރުވަރީ 2023 - 11:29 0


ސައުދީގެ އަލް ހިލާލް ކްލަބް ވޯލްޑް ކަޕްގެ ފައިނަލަށް

8 ފެބުރުވަރީ 2023 - 11:29 0

ތަންޖިއާސް، މޮޮރޮކޯ (ފެބްރުއަރީ 8) - ދެ ޕެނަލްޓީން ފޯވަޑް ސާލެމް އަލް ދައުސާރީ ޖެހި ދެ ލަނޑާ އެކު ބްރެޒިލްގެ ފްލަމެންގޯ އަތުން 3-2 އިން މޮޅުވެ، ސައުދީ އަރަބިއްޔާގެ އަލް-ހިލާލް ފީފާ ކްލަބް ވޯލްޑް ކަޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ހޮނިހިރު ދުވަހު ކުޅޭ މުބާރާތުގެ ފައިނަލްގައި އަލް ހިލާލްއާ ދެކޮޅަށް ނުކުންނާނީ މިރޭ މިސްރުގެ އަލް ހިލާލް އާއި ރެއާލް މެޑްރިޑް ކުޅޭ މުބާރާތުގެ ދެވަނަ ސެމީ ފައިނަލުން މޮޅުވާ ޓީމެކެވެ.

މެޗުގެ ހަތަރު ވަނަ މިނިޓުގައި ހިލާލަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، އެ ޓީމަށް ލީޑު ހޯދައިދިނީ ސައުދީ އަރަބިއްޔާ ގައުމީ ޓީމުގެ ވެސް ކެޕްޓަން، އަލް ދައުސާރީ އެވެ.

މެޗުގެ 20 ވަނަ މިިނިޓުގައި ފްލަމެންގޯގެ ޕެޑްރޯ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި ނަމަވެސް، މެޗުގެ އިތުރު ވަގުތުތުގައި ހިލާލަށް ލިބުނު ދެ ވަނަ ޕެނަލްޓީ ކާމިޔާބުކޮށް، އަލް ދައުސާރީ ވަނީ އެ ޓީމަށް ދެ ވަނަ ފަހަރަށް ލީޑު ހޯދައިދީފަ އެވެ.

ހިލާލްގެ އާޖެންޓީނާ ފޯވަޑް ލޫސިއާނޯ ވިއޭޓޯ އަށް ފްލަމެންގޯގެ ގަރްސަން ކުރި ފައުލަކާ ގުޅިގެން މި ޕެނަލްޓީ ހިލާލަށް ލިބުނުއިރު، ދެ ވަނަ ރީނދޫ ކާޑާ އެކު ގަރްސަން އަށް ވަނީ ރަތްކާޑު ދައްކައިފަ އެވެ. މެޗުގެ 70 ވަނަ މިނިޓުގައި އަލް ދައުސާރީ ތަނަވަސްކޮށްދިން ފުރުސަތަކުން، ހިލާލްގެ ތިން ވަނަ ލަނޑު ޖެހީ ކުރިން ސްޕެއިން ކްލަބްތަކަށް ކުޅުނު ވިއޭޓޯ އެވެ.

މެޗުގެ އިތުރު ވަގުތުގައި ފްލަމެންގޯގެ ޕެޑްރޯ އިތުރު ލަނޑެއް ޖަހައި ތަފާތު ކުޑަކުރި ނަމަވެސް، އެ ޓީމަށް މެޗުގެ ނަތީޖާ އެއްވަރުކުރެވޭ ގޮތެއްނުވިއެވެ.