Advertisement

ސޮނީ ހާޑުވެއާގެ ހޯލްސޭލް ފިހާރައެއް މާލޭގައި ހުޅުވައިފި

29 ޖަނަވަރީ 2023 - 14:51 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


ސޮނީ ހާޑުވެއާގެ ހޯލްސޭލް ފިހާރައެއް މާލޭގައި ހުޅުވައިފި

29 ޖަނަވަރީ 2023 - 14:51 0

ސޮނީ ހާޑުވެއާއިން ހޯލްސޭލް ވިިޔަފާރިއަށް ހާއްސަކޮށް މާލެގައި ފިހާރައެއް ހުޅުވައިފި އެވެ.

ސޮނީ ހޯލްސޭލްގެ ނަމުގައި މިއަދު މާލެ މަސްމާރުކޭޓުގެ ހުޅަނގަށް ހުންނަ މ. ޝައިން ޓްރީ އިމާރާތުގައި ހުޅުވި އެ ފިހާރައިން ސޮނީ ހާޑުވެއާއިން އެތެރެކޮށް ވިއްކާ 45 ބ1ރޭންޑުގެ 2000 އަށް ވުރެ ގިނަ ބާވަތްތަކުގެ މުދާ ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އޭގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު އޭބީބީ އާއި ލެޑުވާންސް، ބޮސްނީ، ރެޑްފޮކްސް، ލިޓަފުލެކްސް، އަލްވާ، ޕައްޓާ، އޮރިއެންޓު، ތައި ޕައިޕު އަދި ޑަންލޮޕާއި ވޯޓާޓެކު ހިމެނެ އެވެ.

ސޮނީ ހޯލްސޭލް ފިހާރައިގެ ނަންބަރު 3306350 ،33006350، 3306377 އަށް ގުޅައިގެންނާއި 7911234 އަށް ވައިބާ ކޮށްގެން ވެސް ވިޔަފާރި އޯޑަރު ކުރެވޭނެ އެވެ.

އަލަށް ހުޅުވި އެ ފިހާރައަކީ މާލެ އާއި އަތޮޅު ތެރޭގައި ހާޑުވެއާގެ ފިހާރަތައް ހިންގާ ފަރާތްތަކަށް ހާއްސަކޮށް ހުޅުވި ފިހާރައެއް ކަމަށް ސޮނީ ހާޑުވެއާގެ އޮފިޝަލަކު ބުންޏެވެ.

"ރާއްޖޭން ބޭރުން ބޮޑެތި އަދަދުން މުދާ އެތެރެކުރުމަށް ވުރެ ލުއި ގޮތެއްގައި ވިޔަފާރިތަކަށް ފަސޭހަވާނެހެން މަދު އަދަދުން ވެސް މުދާ ނެގޭނެ،" އޭނާ ބުންޏެވެ.

އެފިހާރައިން އެގޮތަށް މުދާ ނަގާ ފަރާތްތަކަށް ވެސް ބޮޑެތި ޑިސްކައުންޓު ލިބޭނެ ކަމަށް އޭނާ ބުންޏެވެ.

"ސޮނީން ހޯލްސޭލް ކުރާ އައިޓަމްތަކުން 35 ޕަސެންޓާ ހަމައަށް ހޯލްސޭލް ޑިސްކައުންޓު ލިބޭނެ،" އޭނާ ބުންޏެވެ.

ސޮނީ ހޯލްސޭލް ހުޅުވާފައި ހުންނާނީ ހެނދުނު 8:30 އިން މެންދުރު 12:00 އަށެވެ. އަދި މެންދުރުފަހު 1:30 އިން އިރުއޮއްސި 6:00 އަށެވެ.