Advertisement

ތިނަދޫންނާއި ރަތަފަންދޫން ވޯޓު ފޮށި ފަޅާލި ތިން މީހަކު ހައްޔަރުކޮށްފި

28 ޖަނަވަރީ 2023 - 15:48 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ގދ. ތިނަދޫގައި ވޯޓު ފޮށި ފަޅާލައި ހަމަނުޖެހުން ހިންގާ މަންޒަރުގެ ވީޑިއޯގެ ޝޮޓެއް


ތިނަދޫންނާއި ރަތަފަންދޫން ވޯޓު ފޮށި ފަޅާލި ތިން މީހަކު ހައްޔަރުކޮށްފި

28 ޖަނަވަރީ 2023 - 15:48 0

މިއަދު ކުރިއަށްދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުމުގެ ތެރެއިން ހަމަނުޖެހުން ހިންގި މައްސަލާގައި ގދ. ތިނަދު އާއި ގދ. ރަތަފަންދޫން ތިން މީހަކު ހައްޔަރުކޮށްފި އެވެ.

"އަދަދު"އަށް އެނގިފައިވާ ގޮތުގައި ތިނަދޫން އެކަކު އަދި ރަތަފަންދޫން ދެ މީހަކު ހައްޔަރުކުރީ، ޕްރައިމަރީގައި ވޯޓުލުމަށް އެ ރަށްރަށުގައި ހުރި ވޯޓު ފޮށި ފަޅާލި ކަމުގެ ތުހުމަތުގަ އެވެ. ފުލުހުން ވަނީ އެ މައުލޫމާތު ކަށަވަރުކޮށްދީފަ އެވެ.

ރަތަފަންދޫގައި ވޯޓުލާ ގޮތް ދައްކައިގެން ވޯޓު ދެމުންދާ ކަމަށާއި، ބިންމަތީގައި ހުރި ވޯޓު ކަރުދާސްތަކެއް ނެގުމަށް ފަހު ވޯޓު ފޮއްޓަށް އަޅާފައިވާ ކަމަށް، އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން ތުހުމަތުކޮށް ޓްވީޓްކޮށްފައިވެ އެވެ.

ނަޝީދަށް ތާއީދުކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ ރަތަފަންދޫގައި ހަރަކާތްތެރިވާ ނަޝީދުގެ ދެ އޮބްވަޒާރަކު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވައިފަ އެވެ.

ތިނަދު އާއި ރަތަފަންދޫގެ އިތުރުން އެ އަތޮޅު ގައްދޫގައި ވެސް ވޯޓު ފޮށި ވައްޓާލުމަށް ފަހު ވޯޓު ކަރުދާސްތަކެއް ވަނީ ހަލާކުކޮށްފަ އެވެ. ގައްދޫގައި އެ ހަމަނުޖެހުން ހިނގީ، އެ ތަނުގައި ހުރި ބައެއް ގަލަމުގައި ކެމެރާ ހަރުކޮށްފައި ހުރި ކަމަށް ބުނެ އެވެ.

ތ. މަޑިފުށީގައި ވެސް ބަހައްޓާފައި ހުރި ވޯޓު ފޮއްޓެއް ވަނީ ފަޅާލައިފަ އެވެ. އެ ތަނުގައި ހަމަނުޖެހުން ހިނގަން ފެށީ، ވޯޓާސް ލިސްޓުގައި ނަން ނެތް މީހަކު ވޯޓުލާފައިވާ ކަމަށް ބުނެ އެވެ.