Advertisement

ރަހުނަކާ ނުލާ ބީއެމްއެލުން 1.2 މިލިއަނާ ހަމަޔަށް ލޯނާއި ފައިނޭންސިން ދޫކުރަނީ

25 ޖަނަވަރީ 2023 - 12:49 0

ނިމާ ހަސަން

ނިމާ ހަސަން


ރަހުނަކާ ނުލާ ބީއެމްއެލުން 1.2 މިލިއަނާ ހަމަޔަށް ލޯނާއި ފައިނޭންސިން ދޫކުރަނީ

25 ޖަނަވަރީ 2023 - 12:49 0

ބޭންކް އޮފް މޯލްޑިވްސް އިން ރަހުނަކާ ނުލާ ދުކުރާ ލޯނާއި ފައިނޭންސިން ޕްރޮޑަކްޓްތަކަށް ބަދަލު ގެނެސްފި އެވެ.

ގެނައި ބަދަލާއެކު، ބީއެމްއެލުން ރަހުނަކާ ނުލާ 1.2 މިލިއަނާ ހަމައަށް ލޯނާއި ފައިނޭންސިން ދޫކުރެވޭ ގޮތަށް ލިމިޓު ވަނީ އިތުރުކޮށްފަ އެވެ. އަދި މިއަދުން ފެށިގެން، އަމިއްލަ އެކި ބޭނުންތަކަށް ނަގާ ލޯނުތައް އެއްކޮށްލެވި ލޯނު ދޫކުރަމުންދާނީ 'ބީއެމްއެލް ލުއި ލޯނު' ގެ ގޮތުގައި ކަމަށް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލް އިސްލާމިކް ޕާސަނަލް ފައިނޭންސިން މެދުވެރިކޮށް ކަސްޓަމަރުންނަށް 1.2 މިލިއަނާ ހަމަޔަށް މުދާ ގަތުމަށް ނުވަތަ ނަގުދު ފައިސާ ލިބޭ ގޮތަށް ފައިނޭންސިން ދޫކުރާނެ ކަމަށް ބޭންކުން ބުނެ އެވެ. މި ބަދަލާ އެކު، ބޭންކުން މިހާރު ލުއި ލޯނު ދިނުމާއި ޕާސަނަލް ފައިނޭންސިން ދޫކުރާއިރު މުސާރައިގެ އިތުރުން ލިބޭ އެހެނިހެން އާމްދަނީއަށް ވެސް ބަލާނެ އެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓާ ކާލް ސްޓުމްކަ ވިދާޅުވީ ބޭންކުގެ ޕޯޓްފޯލިއޯ އަށް ގެނެވުނު ބަދަލާއެކު ކަސްޓަމަރުންނަށް އަމިއްލަ ބޭނުންތަކަށް، އެއީ ކޮންމެ ބޭނުމެއް ކަމުގައިވީ ނަމަވެސް ބޮޑު އަދަދެއްގެ ފައިސާ ހޯދުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ބީއެމްއެލް އަކީ ދިވެހިން ހިޔާރުކުރާ ބޭންކަށްވީ ހިނދު، ކަސްޓަމަރުން ބޭނުންވާފަދަ އަދި އުންމީދު ކުރާ ފެންވަރަށްވުރެ ރަނގަޅު ހިދުމަތެއް ދިނުމަށް ނުހަނު ބުރަކޮށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ބޭންކުން އިތުރަށް ބުނީ، އިންޓަނެޓް އަދި މޯބައިލް ބޭންކިން މެދުވެރިކޮށް ލުއި ލޯނު އަދި ޕާސަނަލް ފައިނޭންސިން އަށް އެދި ހުށަހެޅޭނެ ކަމަށާއި އެ ހުށަހެޅުން ފަސް ދުވަސް ތެރޭ ޕްރޮސެސް ކުރެވޭނެ ކަމަށެވެ.