Advertisement

ކޮލޮރައިޓް ކޯޓެޑް ޓިނު ވިލާ ހަކަތައިން ބާޒާރަށް ނެރެފި

23 ޖަނަވަރީ 2023 - 10:12 0


ކޮލޮރައިޓް ކޯޓެޑް ޓިނު ވިލާ ހަކަތައިން ބާޒާރަށް ނެރެފި

23 ޖަނަވަރީ 2023 - 10:12 0

ރާއްޖޭގައި މިހާރުވެސް ބޭނުން ކުރަމުންދާ ވިލާ ރޫފިންގް ޝީޓުގެ އާ ވައްތަރެއް ކަމަށްވާ ޕްރިމިއަމް ކޮލޮރައިޓް ކޯޓިންގެ ވިލާ ރޫފިން އުފެއްދުންތައް ރާއްޖެއަށް ތައާރަފް ކޮށްފި އެވެ.

ވިލާ ރޫފިންއަކީ ރާއްޖޭގައި އެންމެ ތަޖުރިބާކާރު، އަދި އެންމެ ޒަމާނީ ފެންވަރުގައި ހިދުމަތް ފޯރުކޮށްދޭ ކޮލެޓީ ޓިނެކެވެ.

ވިލާ ރޫފިން ޝީޓުތަކަކީ، އާންމު ފުރާޅު ޝީޓުތަކަށް ވުރެ ދިގު މުއްދަތަކަށް ދެމިގެންދާ ހޮޓްރޯލް ފޯމް ޕްރޮސެސް މެދުވެރިކޮށް އުފައްދާ ޝީޓެކެވެ. ޒަމާނީ މެޝިނާއި ވިލާ ރޫފިންގެ އުފެއްދުންތައް ކަސްޓަމަރުން ބޭނުންވާ މިނަކަށް އެ ކުންފުނިން ޑެލިވަރީ ކޮށްދެ އެވެ.

އަދި، ވިލާ ރޫފިންގް މާލެ، ހުޅުމާލެ އަދި ދޯންޏާއި ހަމައަށް ޑެލިވަރީ ކޮށްދޭއިރު، ތިލަފުށީގައި ހުންނަ ފެކްޓަރީން އޯޑަރު ވެސް ނަގަ އެވެ. އެހެންކަމުން، މިހާރުވެސް ގިނަ ކުންފުނިތަކާއި، އަމިއްލަ ފަރާތްތަކުންވެސް މި ޝީޓްތައް ބޭނުން ކޮށްގެން ގޭގެ ފުރާޅުތައް ހަދާ ކަން ފާހަގަކޮށްލެވެ އެވެ.

ވިލާ ރޫފިން އަކީ 'ހޮޓް ރޯލް ފޯމް ޕޮރެސް' ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި އުފައްދާ އެއްޗެކެވެ. ސައުދީން ރޯ މެޓީރިއަލް އެތެރެކޮށްގެން ތައްޔާރުކުރާ މި ރޫފިން ޝީޓުތައް ކަސްޓަމަރުން ބޭނުންވާ ޑިޒައިނާއި ސައިޒަކަށް ވިލާއިން ތައްޔާރުކޮށް ދެއެވެ.

މި ރޫފިން ޝީޓުތަކުގެ ބޯމިނުގައި 0.50 މިލިމީޓަރު ހުރެ އެވެ. ސައުދީ، ޔޫއޭއީ، ޖޯޑަން، ކުވެއިތު އަދި މެދު އިރުމަތީގެ އެންމެ ފުރިހަމަ މިންގަނޑުތަކަށް އުފައްދާ މި ރޫފިންގް ޝީޓުތަކަކީ އައިއެސްއޯ ސެޓުފިކެޓު ވެސް ހާސިލްކޮށްފައިވާ ބްރޭންޑެކެވެ.

އެންމެ ފާހަގަކޮށްލެވޭ ފައިދާތަކުގެ ތެރޭގައި މި ރޫފިން ޝީޓުތަކުގައި 'އެންޓި ކެޕިލަރީ' ޓެކްނޮލޮޖީ ހުރުމުގެ ސަބަބުން ފުރާޅުން ފެންތިއްކެއް ނުޖަހާނެ އެވެ. ވިލާ ހަކަތައިން ބުނާ ގޮތުގައި މި ޝީޓަކީ ގިނަ ދިވެހިންނަށް ފުރާޅު އެޅުމުގައި ކުރިމަތިވާ ލީކުވާ މައްސަލައަށް ދާއިމީ ހައްލެކެވެ.

އޭގެއިތުރުން އިތުރުން ގިނަ ވަގުތު އަލިފާނުގައިވެސް ގެއްލުމެއް ނުވާގޮތަށް މި ރޫފިން ޝީޓުތައް ހިފަހައްޓާނެ ކަމަށް ވިލާއިން ބުނެ އެވެ. އަދި މިއީ އެހެނިހެން ރޫފިން ޝީޓުތަކަށްވުރެ ބޮޑަށް ލޮނުގެ އަސަރުން ދަބަރުޖަހާ، ދަގަނޑު ހަލާކުވާ މިންވަރު ކުޑަ ކޮށްދޭނެ ރޫފިން ޝީޓުތަކެއް ކަމަށްވެސް ވިލާއިން ބުނެ އެވެ.

ވިލާއިން ތައާރަފު ކޮށްފައިވާ ރޫފިން ޝީޓުތައް ލިބެން ހުންނާނެ ކުލަތަކަކީ ވިލި ނޫ، ޒިންކު، ގަދަ ނޫ އަދި ފެހި ކުލައިންނެވެ.

މި ރޫފިން އުފެއްދުންތައް ވިލާއިން ތައާރަފް ކޮށްފައިވަނީ ބޮޑު ޑިސްކައުންޓަކާއި އެކު އެވެ. އެގޮތުން ކޮންމެ ފޫޓަކަށް 15 ޕަސެންޓު ޑިސްކައުންޓު ލިބޭނެ އެވެ. މި ޕްރޮމޯޝަން އަންނަ މަހުގެ 28 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

ވިލާގެ ރޫފިން ޕްރޮޑަކްޓްސް ގަތުމަށް ބޭނުންވާ ފަރާތްތަކުން 7236464 ނަންބަރަށް ގުޅާއިގެން ނުވަތަ ވައިބަރު ކޮށްގެން ވެސް އޯޑަރު ކުރެވޭނެ އެވެ.