17 ޖަނަވަރީ 2023 - 14:24 0
ފާތިމަތު ސާޔާ އަހުމަދު
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އިމާރާތެއް. -- ފޮޓޯ: ޔޫރީ ގްރިޕާސް
17 ޖަނަވަރީ 2023 - 14:24 0
ސްރީލަންކާގެ ދަރަނި ރީސްޓްރަކްޗާ ކުރަން އިންޑިއާގެ ރުހުން ލިބިފައިވާ ކަމަށް، ނަން ހާމަނުކުރާ އިސް އޮފިޝަލަކާ ހަވާލަދީ ބްލޫމްބާގްއިން ރިޕޯޓުކޮށްފި އެވެ.
އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ބުނީ 2.9 ބިލިއަން ޑޮލަރުގެ ބެއިލްއައުޓް ޕެކޭޖް ލަންކާއަށް ދޭނީ ދަރަނި ރީސްޓްރަކްޗާ ކުރުމުން ކަމަށެވެ.
ދަރަނި ރީސްޓްރަކްޗާ ކުރުމަށް ލަންކާއިން އެންމެ ބޮޑަށް މަޝްވަރާ ކުރީ އިންޑިއާ އާއި ޗައިނާއާ އެކު އެވެ. އިންޑިއާގެ ރުހުން ލިބުމާ އެކު ބޮޑު ކުރިއެރުމެއް ލިބިއްޖެ ކަމަށް ލަންކާއިން ދެކެ އެވެ.
"ފާއިތުވި 12 ގަޑިއިރުގެ ތެރޭގައި ވަރަށް ޕޮޒިޓިވް ކުރިއެރުންތަކެއް ލިބިއްޖެ. މި އަހަރުގެ ފުރަތަމަ ކުއާޓާ ތެރޭގައި އައިއެމްއެފް ބޯޑުގެ ރުހުން ލިބޭނެކަމުގެ ޔަގީންކަން ބޮޑު،" އެހީގެ ޕެކޭޖާ ގުޅޭ ގޮތުން އެ ގައުމުގެ ޖޫނިއާ ފިނޭންސް މިނިސްޓަރު ޝޭހަން ސެމާސިންގެ އަންގާރަ ދުވަހު ވިދާޅުވި އެވެ.
އިންޑިއާގެ ރުހުން ލިބުނު ނަމަވެސް ޗައިނާ އާއި ޖަޕާން އަދި ބައެއް މުއްސަނދި އެހެން ގައުމުތަކުގެ އެއްބާރުލުން ވެސް ލަންކާއަށް ބޭނުންވެ އެވެ.
މިދިޔަ ހަފުތާގައި ރައީސް ރަނިލް ވިކްރަމަސިންހަ ވިދާޅުވީ ޖަޕާނާ އެކު ބޭއްވި ދަރަނި ރީސްޓްރަކްޗާ ކުރުމުގެ މަޝްވަރާތައް ނިމިއްޖެ ކަމަށެވެ. އެކަމަކު ތަފްސީލް ހާމައެއް ނުކުރައްވަ އެވެ.
ޗައިނާގެ އިސް ވަފުދެއް މިހާރު ލަންކާއަށް ދަތުރު ކުރައްވަމުން ދާއިރު، އިންޑިއާގެ ފޮރިން މިނިސްޓަރު އެސް ޖޭޝަންކަރު ވެސް ވަރަށް އަވަހަށް ލަންކާއަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ.
Comment