Advertisement

ޝުޖާއުއަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަން ގޮވާލައިފި

6 ޖަނަވަރީ 2023 - 21:03 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އިދިކޮޅު ކޯލިޝަނުން ވަނީ ޝުޖާއުއަށް މަރުގެ އިންޒާރުދިން މީހާ ހޯދާ ފިޔަވަޅު އެޅުމަށް ގޮވާލާފައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޝުޖާއުއަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަން ގޮވާލައިފި

6 ޖަނަވަރީ 2023 - 21:03 0

އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް އަަދި މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އަށް ސޯޝަލް މީޑިއާގައި މީހަކު މަރުގެ އިންޒާާރު ދިން މައްސަލަ ބަލައިދިނުމަށް އެ ޕާޓީން އެވެ.

ޕީއެންސީ އަދި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ހިމެނޭ އިދިކޮޅުު ކޯލިޝަނުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޝުޖާއު ކުރި ޓުވީޓަކަށް ރިޕްލައި ކުރި މީހަކު އޭނާއަށް މަރުގެ އިންޒާރުދީފައިވާ ކަމަށާއި އެކަން ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށެވެ.

އެ ކޯލިޝަނުން ވަނީ ޝުޖާއު އަށް މަރުގެ އިންޒާރު ދީފައިވާތީ އޭނާއަށް ރައްކާތެރިކަން ދިނުމަށް ދިވެހި ފުލުހުންގެ ހިދުމަތަށް ގޮވާލާފަ އެވެ. އަދި އެކަމުގެ ފަހަތުގައި ހުރި މީހަކު ހޯދާ ފިޔަވަޅު އެޅުމަށް ވެސް ގޮވާލާފައިވެ އެވެ.

އިދިކޮޅުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތަކަށް ފުރައްސާރަކޮށް މިފަދަ އިންޒާރުތައް ދޭ މީހުންނާ މެދު ފިޔަވަޅު އެޅުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށެވެ.

އެއީ ފަރުވާކުޑަކޮށް ދޫކޮށްލައިގެން ތިބެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.

ޝުޖާއު އަކީ ޕީއެންސީ އަދި ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ ބޭފުޅެކެވެ. އަދި ޓުވިޓާ ފަދަ ޕްލެޓްފޯމްތަކުގައި އޭނާގެ ހިޔާލު ކަންކަމުގައި ހުންނަ ގޮތް އާންމުކޮށް ފާޅުކުރާ ބޭފުޅެކެވެ.