Advertisement

ޗެލްސީން "އޮޅުވާލައިގެން" އެންޒޯ ހޯދަން އުޅޭތީ ބެންފީކާ ރަތަށް

6 ޖަނަވަރީ 2023 - 09:35 0

ބެންފީކާ މެޗެއްގެ ތެރެއިން އެންޒޯ: އޭނާގެ ސޮއި ހޯދަން އެންމެ މަސައްކަތް ކުރަނީ ޗެލްސީން.


ޗެލްސީން "އޮޅުވާލައިގެން" އެންޒޯ ހޯދަން އުޅޭތީ ބެންފީކާ ރަތަށް

6 ޖަނަވަރީ 2023 - 09:35 0

ލިސްބަން، ބެންފީކާ (ޖެނުއަރީ 6) - ބެންފީކާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ މިޑްފީލްޑަރު، އެންޒޯ ފެނާންޑޭސްގެ ޑީލް ނިންމަން ޗެލްސީން "އޮޅުވާލައިގެން" ކަންތައްތަކެއް ކުރާ ކަމަށް ބުނެ، ބެންފީކާގެ ކޯޗު، ރޮޖާ ޝްމިޑްޓް ހިތްހަމަ ނުޖެހުންފާޅުކޮށްފި އެވެ.

ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން، ހޯދި އާޖެންޓީނާ ޓީމުގެ މެދުތެރޭގައި އެންޒޯ، 21، ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ވޯލްޑް ކަޕްގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ހޯދި އެންޒޯގެ ސޮއި ހޯދަން ދައްކަން ޖެހޭ، 138 މިލިއަން ޑޮލަރުގެ ފީ ދައްކަން ޗެލްސީ ތައްޔާރަށް އޮތް ކަމަށް މިދިޔަ ތިން ދުވަހު މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

އެކަމަކު، ބެންފީކާގެ ކޯޗު ޝްމިޑްޓް ބުނީ ކަންކަން ހިނގަނީ ހަގީގަތް ފޮރުވިފައިވާ ގޮތަށް ކަމަށެވެ.

"އެންޒޯ ހޯދަން އެ ބުނާ ކްލަބުން (ޗެލްސީން) ކަންކަން އެ ކުރަނީ ހަގީގަތުގައި ވަރަށް ގޯސްކޮށް، އެއީ ބެންފީކާ އަށް ވެސް، އަހަންނަށް ވެސް އެއްވެސް ގޮތަކަށް ގަބޫލުކުރެވޭނެ ގޮތެއް ނޫން،" ޝްމިޑްޓް ބުންޏެވެ.

"ކުޅުންތެރިޔާ އޮޅުވާލުމެއްގެ ތެރޭގައި ބަަހައްޓައިގެން، ނުފޫޒު ފޮރުވައިގެން ކަންކަން ކުރަން އުޅުމަކީ ރަނގަޅު ގޮތެއް ނޫން. ފުރަތަމަ ބުނަނީ ރިލީސް ކްލޯސް (ކޮންޓްރެކްޓް ގަންނަން ދައްކަން ޖެހޭ އަގު) ދައްކާނަމޭ. އެކަމަކު، ފަހުން ބުނަނީ މަޝްވަރާ ކުރާށޭ ބޭނުމީ، މިއީ ކަންކަން ކުރަން ޖެހޭ ގޮތެއް ނޫން،"

ޝްމިޑްޓް ބުނީ ދެ ކްލަބެއް މަޝްވަރާ ކޮށްގެން ކަންކަން ނިންމަން ޖެހޭ އެންމެ ބޮޑު ސަބަބަކީ ކުޅުންތެރިޔާ އަަށް އެންމެ ރަނގަޅު ނިންމުމެއް ނިންމުމަށެވެ.

އެކަމަކު، ޗެލްސީން ކުޅުންތެރިޔާ އަށް އޮޅޭ ގޮތަށް ކަންކަން ކުރާތީ، ޝްމިޑްޓް ހުރީ ހިތްހަމަ ނުޖެހިފަ އެވެ.

އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޗެލްސީން އޮތީ އެންޒޯ ހޯދަން 100 މިލިއަން ޑޮލަރު ދައްކަން ތައްޔާރަށެވެ. އެކަމަކު، ބެންފީކާ އިން ކިޔާފައިވާ 138 މިލިއަން ޑޮލަރު އެއްކޮށް ދޭން ޗެލްސީން ބޭނުމެއް ނުވެ އެވެ.

ބެންފީކާ އިން ބޮޑު އަގަކަށް ޑިމާންޑްކުރާ އެންމެ ބޮޑު ސަބަބަކީ އެންޒޯ ވިއްކައިގެން ލިބޭ ފައިސާގެ ވަކި ޕަސެންޓެއް، އޭނާ ކުރިން ކުޅުނު އާޖެންޓީނާގެ ރިވާ ޕްލޭޓަށް ދައްކަން ޖެހޭތީ އެވެ.

އާޖެންޓީނާގެ ގަދަބާރު، ރިވާ ޕްލޭޓް ދޫކޮށް އެންޒޯ، ބެންފީކާއާ ގުޅުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގަ އެވެ.

ޗެލްސީން ވަނީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ރޭ ރަސްމީކޮށް ޑީލެއް ނިންމައިފަ އެވެ. މޮނާކޯ އަށް ކުޅޭ ފްރާންސްގެ 21 އަހަރުގެ ޑިފެންޑަރު، ބެންވާ ބާޑްޝައިލް ވަނީ ހަތް އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައި ޗެލްސީ އަށް ސޮއިކޮށްފަ އެވެ. ޗެލްސީން އޭނާ ގަތީ 42 މިލިއަން ޑޮލަރުގެ އަގެއް ދައްކައިފަ އެވެ.