Advertisement

އިދިކޮޅު މުޒާހަރާއިން ޝުޖާއުއާއެކު ހަ މީހަކު ހައްޔަރުކޮށްފި

2 ޖަނަވަރީ 2023 - 22:01 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޕީޕީއެމުން މިރޭ ކުރަމުންދާ މުޒާހަރާގެ ތެރެއިން: މިރޭ ވެސް ފުލުހުން ވަނީ އެއްވުން ރޫޅާލާފައި -- ފޮޓޯ: ޕީޕީއެމް


އިދިކޮޅު މުޒާހަރާއިން ޝުޖާއުއާއެކު ހަ މީހަކު ހައްޔަރުކޮށްފި

2 ޖަނަވަރީ 2023 - 22:01 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނު ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު ކޯލިޝަނުން ސިލްސިލާކޮށް މާލޭގައި ބާއްވަމުންދާ މުޒާހަރާގެ ތެރެއިން މިރޭ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ހިމެނެހޭން ހަ މީހަކު ހައްޔަރުކޮށްފި އެވެ.

އިދިކޮޅު ލީޑަޝިޕުގެ ބައެއް ބޭފުޅުންނާއި އާންމު މެންބަރުން ބައިވެރިވާ މިރޭގެ މުޒާހަރާ މިހާރު ކުރިއަށްދަނީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ގެ ހުންނަ ސަރަހައްދުގަ އެވެ. ޔާމީންގެ މައްޗަށް ކޮށްފައިވަނީ 'ހަރާމް' ހުކުމެއް ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސްވެރިން އިސްތިއުފާދެއްވުމަށް ގޮވާލަމުންނެވެ.

މުޒާހަރާގެ ތެރެއިން ޝުޖާއު ހައްޔަރުކޮށްފައިވާކަން އިދިކޮޅު ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

ސިލްސިލާ މުޒާހަރާތަކުގެ އިތުރުން އިދިކޮޅުން ވަނީ ނިމިދިޔަ ހުކުރު ދުވަހު މާލެ އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ޔާމީން ދޫކޮށްލުމަށް އެދި މުޒާހަރާކޮށްފަ އެވެ.

ޑިސެމްބަރު 25، ވަނަ ދުވަހު އިދިކޮޅު ރިޔާސީ ޓިކެޓު ވެސް ހިއްޕަވައިގެން ހުންނެވި ކުރީގެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނަންގަވާ މަނީލޯންޑާ ކުރިކަމުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. ޖަލު ހުކުމް ތަންފީޒުކުރެއްވުމަށް އެމަނިކުފާނު މިހާރު ހުންނެވީ މާފުށީ ޖަލުގަ އެވެ.