Advertisement

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރަން: ރައީސް ސޯލިހު

10 ޑިސެންބަރު 2022 - 12:41 0

އައިޝަތު އަހުމަދު

އައިޝަތު އަހުމަދު

ރައީސް ސޯލިހު: ވިދާޅުވީ އަބަދުވެސް ބައްލަވަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ކަމަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރަން: ރައީސް ސޯލިހު

10 ޑިސެންބަރު 2022 - 12:41 0

ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ މަސްވެރިންނަށް ލިބޭ ފައިސާ އިތުރު ކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި މިއަދު ފާހަގަ ކުރާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ސޯޝަލް މީޑިއާގައި ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ އޮތް ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ކަމަށެވެ.

"މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް މަސްވެރިންނާއި މި ސިނާޢަތުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަށް އަރިސްކުރަން. ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި މަސްވެރިންނަށް ލިބޭ ފައިދާ އިތުރު ކުރުމަށް،" ރައީސް ކުރެއްވި ޓުވީޓެއްގައި ލިޔުއްވާފައިވެ އެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު 10، ވަނަ ދުވަހެވެ. ރާއްޖޭގައި މިިދުވަސް ފާހަގަކުރަން ފަށާފައިވަނީ 1981 ވަމަ އަހަރު އެވެ. މި ދުވަސް ރާއްޖޭގައި އެކި ރަށްރަށުގައި ކުލަގަދަކޮށް ދަނީ ފާހަގަކުރަމުންނެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ހާއްސަ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ގދ. ފަރެސްމާތޮޑާގަ އެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.