Advertisement

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބަކަށް ޑރ. އާސިމް

9 ޑިސެންބަރު 2022 - 18:27 1


އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުގެ ނައިބަކަށް ޑރ. އާސިމް

9 ޑިސެންބަރު 2022 - 18:27 1

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ނައިބު ރައީސަކަށް އދ. ގެ ޖެނީވާ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އާސިމް އަހުމަދު އިންތިހާބު ވެއްޖެ އެވެ.

އެ ކައުންސިލްގައި ހިމެނޭ ހަތަރު ނައިބު ރައީސުންގެ ތެރެއިން އެކަކަށް އާސިމް އިންތިހާބުކޮށްފައިވަނީ އަންނަ އަހަރަށެވެ.

އދ. ގެ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގެ ދާއިމީ މަންދޫބަކަށް ޑރ. އާސިމް އައްޔަންކުރައްވާފައިވަނީ 2020 ވަނަ އަހަރު އެވެ.

ކައުންސިލްގެ ނައިބު ރައީސްކަން ރާއްޖެއިން ކާމިޔާބުކޮށްފައިވާއިރު، އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ގޮނޑި ތިން ވަނަ ފަހަރަށް ރާއްޖެއިން ކާމިޔާބު ކުރީ މިދިޔަ އޮކްޓޯބަރު މަހު އެވެ.

އެ އިންތިހާބުގެ 14 ގޮނޑިއަކަށް މުޅިއެކު 17 ގައުމަކުން ކުރިމަތިލިއިރު، ރާއްޖެ އިން ކަށަވަރުކުރީ އޭޝިއާ ޕެސިފިކް ސަރަޙައްދަށް ނިސްބަތްވާ ގައުމުތައް ހިމެނޭ ގްރޫޕަށް ހާއްސަ ހަތަރު ގޮނޑީގެ ތެރެއިން އެއް ގޮނޑި އެވެ.