29 ނޮވެންބަރު 2022 - 10:00 0
29 ނޮވެންބަރު 2022 - 10:00 0
ގަތަރުގައި ކުރިއަށްދާ ވޯލްޑް ކަޕާ ދިމާކޮށް "އަދަދު" ނޫހާއި އުރީދޫ މޯލްޑިވްސް ގުޅިގެން، އަގުހުރި އިނާމުތަކާއެކު ހާއްސަ ކުއިޒެއް ފަށައިފި އެވެ.
"ބޯޅައީދު ވީކްލީ ކުއިޒް" ގެ ނަމުގައި މި މުބާރާތް ކުރިއަށްގެންދަނީ އަދަދުގެ ޓްވިޓާ އަދި ފޭސްބުކް މެދުވެރިކޮށެވެ. ކޮންމެ ހަފުތާއެއްގެ ސުވާލަށް ޖަވާބު ދިނުމުގެ ފުރުސަތު ހުޅުވާލާއިރު ރަނގަޅު ޖަވާބު ކޮމެންޓު ކުރައްވަން ޖެހޭނީ "ބޯޅައީދު" އަދި "އުރީދޫ ފުޓްބޯޅަ ފޯރި" ހޭޝްޓެގު ޖެހުމަށް ފަހު އެވެ.
މި ކުއިޒުގެ މެއިން ޕާޓްނަރަކީ އުރީދޫ އެވެ. އަދި، އިނާމުތައް ހުށަހަޅާފައި ވަނީ މެކްސްކޮމް ޓެކްނޮލޮޖީސްއިންނެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް "ބޯޅަ އީދު" ގެ ތެރެއިން ކުރިއަށްގެންދާ ތަފާތު މުބާރާތްތައް އިއުލާންކުރަމުންދާނެ އެވެ. މިއިން ކޮންމެ މުބާރާތަކަށް ވެސް އަގުހުރި އިނާމުތަކެއް ވަނީ ހުށަހަޅާފަ އެވެ.
އަދަދު ނޫހުން ވޯލްޑް ކަޕަށް ހާއްސަކޮށް ގެނެސްދޭ "ބޯޅައީދު" ކަވަރޭޖްގެ ތެރެއިން، އަދަދުގެ ވެބްސައިޓްގައި ވޯލްޑް ކަޕަށް ހާއްސަ އެޑިޝަނެއް ވެސް ވަނީ ތައްޔާރުކޮށްފަ އެވެ.
އެ އެޑިޝަން މެދުވެރިކޮށް، ވޯލްޑް ކަޕްގެ އެންމެ ފަހުގެ ހަބަރާއި މައުލޫމާތުގެ ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނެ އެވެ. އޭގެ އިތުރުން، ކިޔުންތެރިން ޝައުގުވެރިވާނެ ތަފާތު ސެގްމަންޓްތައް ވެސް "ބޯޅައީދު"ގެ ވެބް އެޑިޝަންގައި ހުންނާނެ އެވެ.
މި ކަވަރޭޖު ކުރިއަށްގެންދަނީ މިއީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ މުބާރާތް ކަމަށްވާއިރު، ރާއްޖޭގައި ވެސް މި މުބާރާތުގެ ފޯރި އޮންނަނީ އެންމެންގެ ބައިވެރިވުމާ އެކުގައި ކަން ރަމްޒުކޮށްދިނުމުގެ ގޮތުންނެވެ. އަދި، އަދަދުގެ "ބޯޅައީދު" އަކީ އެންމެންގެ ބައިވެރިވުމާ އެކު ކުރިއަށްދާ ހަރަކާތަކަށް ހެދުމުގެ ވިސްނުމުގަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment